ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ނަތަންޔާހޫ ކޮވިޑް ވެކްސިން ޖައްސަވައި، ޕްރޮގްރާމް ފައްޓަވައި ދެއްވައިފި

"އަޅުގަނޑު ދެންނެވިން އެންމެ ފުރަތަމަ ވެކްސިންޖައްސަވާ ދެއްވަންވާނީ އަޅުގަނޑަށާއި ހެލްތު މިނިސްޓަރަށޭ" އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި އެވެ. "މިކަމުގައި އާންމުންނަށް މިސާލަކަށްވާން އަޅުގަނޑުމެން ބޭނުންވީ"

ނަތަންޔާހޫ، 71، ވެކްސިންޖެއްސެވުމާއެކު ގައުމީ ކެމްޕޭނެއް ގޮތުގައި ކޮވިޑް ވެކްސިން ޕްރޮގްރާމް ވަނީ ފެށިފަ އެވެ. ވެކްސިން ޖެއްސެވުމަށް ފަހު އާންމުނަށް މުހާތަބުކުރައްވައި ވެކްސިންޖެއްސެވުމަށް އެދިވަޑައިގެން ބާރުއެޅުއްވި އެވެ.

ނަތަންޔާހޫއަށް ދެވުނީ ފައިޒާ ބަޔޮންޓެކުން އުފެއްދި ކޮވިޑް ވެކްސިނެވެ.

ފައިޒާ ބަޔޮންޓެކް ކޮވިޑް ވެކްސިން އުފައްދާފައި ވަނީ ދެ ޑޯޒުން ވެކްސިން ފުރިހަމަވާ ގޮތަށެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް ދެފަހަރަށް ވެކްސިންޖަހަން ޖެހެ އެވެ.

ނަތަންޔާހޫ ލައިވް ޓީވީގައި ވެކްސިންޖެއްސެވި ގޮތަށް އެމެރިކާގެ ނައިބް ރައީސް، މައިކް ޕެންސް ވެސް ވަނީ ލައިވް ޓީވީގައި ވެކްސިން ޖައްސަވާފަ އެވެ. ރައީސްކަމަށް އިންތިހާބުވަޑައިގެން ހުންނެވި ޖޯ ބައިޑަންއަށް ވެކްސިން ދިނުން މާދަމާ (ހޯމަ) ގައި އޮންނާނެ އެވެ.

ޑޮނަލްޑް ޓްރަމްޕްއަށް ވެކްސިން ދޭނެ ވަކި ގޮތެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ. ވައިޓް ހައުސްގެ ސްޕޯކްސް ޕާސަން ވިދާޅުވީ ޓްރަމްޕްއަށް ވެކްސިން ދޭނެ ގޮތެއް އެނގިވަޑައިގަންނަވާނީ އޭނާގެ މެޑިކަލް ޓީމަށް ކަމަށެވެ. ޓްރަމްޕްއަށް ކޮވިޑް ޖެހިގެން ބައްޔަށް ހޭނިފައި ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވެ އެެވެ.

ނަތަންޔާހޫ ކޮވިޑް ވެކްސިންޖައްސަވަނީ -- ވެކްސިންޖެއްސެވުމަށް އާންމުންގެ ކިބައިން އެދިވަޑައިގެންނެވި

އިޒްރޭލުގައި ކޮވިޑް ފެތުރޭކަން ފެބްރުއަރީގައި ފާހަގަކުރެވުނު ހިސާބުން 370،000 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. ކޮވިޑްގައި 3،000 މީހުން މަރުވެފައިވާ ކަމަށް ވެސް ވެ އެވެ.

އިޒްރޭލުގައި އާންމުނަށް ވެކްސިންދިނުމަށް 10 ހޮސްޕިޓަލާއި ވެކްސިން މަރުކަޒުތައް ވަނީ ހާއްސަކޮށްފަ އެވެ. ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ފުރަތަމަ ޑޯޒްތައް ހާއްސަކުރެވޭނީ ބަލިމީހުން ގާތު އުޅެންޖެހިފައި ތިބި ސިއްހީ މާހިރުންނަށާއި އުމުރުން 60 އަށް ވުރެ މަތީ މީހުންނަށެވެ.