ހުޅުމާލެ

ހުޅުމާލެ އިން 18 ޓަނު ކުނި ނަގައިފި

ހުޅުމާލެ ސާފު ކުރަން ފެށި، "ސާފު ހުޅުމާލެ" ކެމްޕޭންގެ ދަށުން 40 ސަރަހައްދަކުން 18 ޓަނުގެ ކުނި ނަގައިފި އެވެ. އެޗްޑީސީން އިސްނަގައިގެން ކުރިޔަށް ގެންދިޔަ އެ ހަރަކާތް ބޭއްވީ އިއްޔެ ހަވީރު އެވެ.

އެޗްޑީސީން އިސް ނަގައިގެން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތް ފައްޓަވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ސާފު ހުޅުމާލެ ޕްރޮގުރާމުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން އެންޖީއޯތަކާއި ކޮލެޖު ޔުނިވާސިޓީ ދަރިވަރުން ވެސް ބައިވެރިވެފައި ވެ އެވެ. އެޗްޑީސީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެ އިދާރާގެ މެނޭޖިން ޑިރެކްޓަރު ޝުހައިލު އަހުމަދު ވިދާޅުވީ އެފަދަ ހަރަކާތްތަކަށް އެކި މުއައްސާތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭކަމަށެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި ހުޅުމާލެ ސާފު ކުރަން ފެށި މި ޕްރޮގްރާމު ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.