ހަބަރު

އެމްޕީއެލް ތެލުގެ ވައްކަން: އެފްއެސްއެމްގެ އިތުރު މުވައްޒަފުންތަކަކަށް ފިޔަވަޅު

Dec 20, 2020
1

ކޮވިޑް-19 އާ ގުޅިގެން މާލެ، ބަނދަރު ލޮކްޑަރުންގައި އޮތްއިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތެރެއިން ހިންގި ތެލުގެ ވައްކަމުގެ މައްސަލާގެ ތުހުމަތަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ އިތުރު މުވައްޒަފުންތަކަކަށް ފިޔަވަޅު އަޅައިފި އެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަދި ތިނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ގަސަމް ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޕީއެލްގެ ތެލުގެ ހިޔާނާތާ ގުޅޭ ތަހުގީގު ފުލުހުންވެސް ކުރިއަށް އެބަގެންދާ ކަމަށާއި އެކަމާ ގުޅިގެން ކުންފުނީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުންދާ ކަމަށެވެ.

ނަމަވެސް، މިހާތަނަށް ބެލިބެލުމުން އެފްއެސްއެމްގެ ސީނިއާ މެނޭޖުމެންޓުގެ އެއްވެސް ބައިވެރިވުމެއް އެ ކަމުގައި ހިމެނޭކަން ފާހަގަވެފައި ނުވާ ކަމަށް ގަސަމް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަށް ސުވާލު ކުރުމުން އިއުތިރާފު ވެފައި ނުވާ ކަމަށާއި ނަމަވެސް ހެކި ލިބިފައިވާ ކަމަށެވެ.

މިގޮތުން، އެ ހެކިތައް ފުލުހުންނާ ހިއްސާކޮށް، އެކަމުގައި ތުހުމަތުކުރެވޭ ފަސް މުވައްޒަފަކު ސަސްޕެންޑު ކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެއްވެސް މުވައްޒަފަކު އަދި ވަޒީފާ އިން ވަކިކޮށްފައިނުވާ ކަމަށް ގަސަމް ރޭ ވިދާޅުވި އެވެ.

ލިއަން ރުފިޔާގެ ވައްކަމެއް ހިނގާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ޗެއާމަން ވަނީ މި ވައްކަމުގައި ޝާމިލްވި ފަރާތްތައް ސަސްޕެންޑް ކުރަން ބޯޑު މެމްބަރުންގެ އަގުލަބިއްޔަތު ލިބިފައި ނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެފައިވާ ގޮތުގައި ކުރީގެ ޗެއާމަންގެ ޓުވީޓުން މައްސަލަ ހިންގި ގޮތް ވަނީ އޮޅުން އަރާފަ އެވެ.