ހަބަރު

ނ. ޅޮހި އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

Dec 20, 2020
1

ނ. ޅޮހި އިސް މެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަސަން މަނިކުގެ ސުލޫކީ މައްސަލައެއް ބަލަނީ، ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި، ދައުވާ ކުރި ފަރާތާ ކުއްޖާ ހަވާލުކުރުމަށް ނެރުނު ވަގުތީ އަމުރު ހައި ކޯޓުން ބާތިކުރި ނަމަވެސް، ކުއްޖާ ކުރިން ކުރި ހާލަތަށް ރުޖޫއަކޮށްފައި ނުވާ ކަމަށެވެ.

އަދި ދައުވާކުރި ފަރާތުން ބޭނުންވި މަގުސަދު ހާސިލުވާގޮތަށް، މައްސަލައިގެ ހާލަތު ދަމަހައްޓައި، މައްސަލަ ތާވަލުނުކޮށް ގިނަ ދުވަސް ފާއިތުވުމަށްފަހު، ހަމައެކަނި ދައުވާކުރާ ފަރާތަށް ޗިޓު ފޮނުވައި، ދައުވާލިބޭ ފަރާތުގެ ބަހެއްނެތި ދައުވާ ބާތިލުކޮށްފައިވާކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެކަމާ ގުޅިގެން، ހަސަން މަނިކުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމައި، މައްސަލަ ބެލުމަށް ތަހުގީގީ ކޮމިޓީއެއް އެކުލަވާލަން ކޮމިޝަނުން މިއަދު ނިންމާފައިވާކަމަށް އެ ބަޔާނުގައި އިތުރަށް ބުންޏެވެ.