ހަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 40 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކ، އއ، އދ އަދި ވ އަތޮޅު ހިމެނޭ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 17 ވަނަ ދުވަހު ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ. އެއީ ދިވެއްސެކެވެ. މައްސަލައިގެ އިތުރު ތަފްސީލް ނުދީ ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.