ވިޔަފާރި

އެސްޓީއޯ އިން ބަސް ޓާމިނަލްއަކާއި ޕާކެއް ހަދައިދީފި

Dec 20, 2020

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި، އެސްޓީއޯ އިން މާލޭގައި ބަސް ސްޓޮޕްއަކާއި ޕާކެއް ހަދައިދީފި އެވެ.

އެސްޓީއޯ ހެޑް އޮފީސް ކައިރީގައި ވެސްޓް ޕާކުގައި ހުޅުވި ބަސް ސްޓޮޕް އާއި ޕާކު ހުޅުއްވައި ދެއްވީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ. އެސްޓީއޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދައިދިން ޕާކުގައި ކަސްރަތު ކުރެވޭނެ ވަސީލަތްތައް ވެސް ގާއިމް ކޮށްފައި ހުރެ އެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި ގޮތުގައި އެ ކުންފުނިން އަބަދު ވެސް އޮންނާނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަމަށެވެ. އަދި އެ ކުންފުނީގެ މިހާރުގެ މިޝްރާބު ބަދަލުވެފައިވާ ކަމަށާ އެ ކުންފުނި ކުރިއަށް އޮތްތަނުގައި ރައްޔިތުންނާ ހަމަ އަށް ތަފާތު ހިދުމަތްތައް ގެނެސްދޭނީ ކުންފުންޏެއްގެ ގޮތުގައި ފެންނާނެ ކަމަށެވެ.

އެސްޓީއޯ އިން ބަސް ސްޓޮޕެއް ހުޅުވިއިރު، މިއަދު އެ ކުންފުންޏަށް ވަނީ 56 އަހަރު ފުރިފަ އެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ހަތަރު ވަނަ އަހަރު އުފެދުނު އެސްޓީއޯއަކީ މިހާރު ރާއްޖެއަށް ބޭނުންވާ ގިނަ ހިދުމަތް ތަކެއް ފޯރުކޮށްދޭ ބޮޑު ކުންފުންޏެކެވެ.