މޯލްޑިވްސް ޕޮލިސް ސާވިސް

ފޭރުމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުން އަންނަ ފޭރުމުގެ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ފަށާފައިވާކަަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން ހޯދަމުންދަނީ ގދ. މަޑަވެލި / އުދަރެސް، އަހްމަދު އަބާން ވަހީދު ނަމަކަށް ކިޔާ 21 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން އާއްމުންގެ ކިބައިން އެދިފައިވަނީ އެ މީހާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނަށް އެކަން ހިއްސާ ކުރުމަށެވެ.