އިސްލާމިކް މިނިސްޓްރީ

ޝަރުއީ ލަފުޒްތައް ބޭނުންކުރަންވާނީ އޮންނަ ގޮތަށް: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ނޫސްވެރިންގެ ބައްދަލްވުމުގައި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ ޝަރުއުގައި އެ ލަފްޒެއް ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައިވަނީ އިސްލާމްދީނުގައި ބޭނުން ކުރަމުންދާ ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ ޝަރުއުގައި އެ ލަފްޒުތައް ބޭނުން ކުރަމުންދާ ގޮތަށް ކަމަށެވެ. އަދި ގާނޫނީ ގޮތުންވެސް މިފަދަ ޝަރުއީ ލަފްޒްތައް ބޭނުންކުރަމުން ދަނީ ޝަރުއުގައި ވާގޮތަށް ކަަމަށެވެ.

"މިސާލަކަށް، ޒިނޭ ވާނީ ޒިނޭއަށް. ކައިވެނި ވާނީ ކައިވެންޏަށް. އަދި ލިވާޠު ވާނީ ލިވާޠަށް،"

އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށްވެފައި މިފަދަ ޝަރުއީ ލަފްޒްތަކުގު ޝަރުއީ މަފްހޫމް ގެއްލޭނެ ފަދައިން ބޭނުން ކުރުމަކީ ޝަރުއީ މިންގަނޑުތަކާއި ގާނޫނުއަސާސީއާ ހިލާފު ކަމެއްކަމަށްވެސް އެ މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ. އަދި ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ ޝަރުއުގައި އެ ލަފްޒެއް ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށް އެ މިނިސްޓްރީން ހަނދާންކޮށްދީފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ހަނދާންކޮށްދީފައި ވަނީ ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމްގެ ބަހުސެއް ބޮޑުވެފައިވަނިކޮށެވެ. އެ ހުކުމާއި ގުޅިގެން ޕީޖީ ހުސައިން ޝަމީމް މިއަދު ވަނީ އޭނާގެ ބްލޮގްގައި ދިގު މަޒުމޫނެއް އާންމުކޮށްފައެވެ. އެ މަޒުމޫނުގައި ޝަރުއީ ލަފްޒުތައް ބޭނުން ކުރުމުގައި ކުރިން އަމަލު ކުރި ގޮތާއި މިހާރު އައިސްފައިވާ ބަދަލުތަކާއި ގުޅޭގޮތުން ތަފްސީލްކޮށް ލިޔެފައިވެއެވެ. މިނިސްޓްރީން ރައްދު ދީފައިވަނީ ޝަމީމްގެ އެ ލިޔުމުގައި ބޭނުންކޮށްފައިވާ ވާހަކަތަކަށް ކަމަށް ބެލެވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345