ދުނިޔެ

ބޮޑުވަޒީރު މޯދީއަށް ޕްރެޝަރު ކުރަން އިންޑިއާ ދަނޑުވެރިން ބަނޑަށް

ދަނދުވެރިން ކުރާ ހަޅުތާލު: އެމީހުން އެދެނީ ސަރުކާރުން ފާސް ކުރަން އުޅޭ ބިލު އަނބުރާ ގެންދިއުމަށް
0%
0%
0%

ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށް ބުނެ ހަޅުތާލު ކުރަމުން އަންނަ ދަނޑުވެރިން ގިއަރު ބަދަލުކޮށް، ބޮޑުވަޒީރު މޯދީއަށް ޕްރެޝަރު ކުރަން އެެހެން ކަމެއް ފަށައިފި އެވެ. މިފަހަރު ބަނޑުހައިހޫނު ކަމެވެ. އެމީހުން އެދެނީ މޯދީ ސަރުކާރުން ފާސްކުރަން އުޅޭ ދަނޑުވެރިކަމާބެހޭ ބިލް އަނބުރާ ގެންދިއުމަށެވެ.

އިންޑިއާ ސަރުކާރުން ދަނޑުވެރިކަމާ ބެހޭ ގާނޫނަށް ގެންނަން އުޅޭ ބަދަލުތަކާ މެދު އިންޑިއާ ދަރުވެރިން ވަރަށް ކަންބޮޑުވެ އެވެ. ދަނޑުވެރިން ދެކޭ ގޮތުގައި އެ ބަދަލުތަކުގެ ސަބަބުން، އެމީހުން ލޯބޯ ފިއްސައިގެން ކުރާ މަސައްކަތުން ފައިދާ އޮތީ އެހެން ބަޔަކަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބިލްގައި ވަނީ ދަނޑުވެރިންގެ މުދާ ސީދާ ޕްރައިވެޓް ވިޔަފާރިތަކަށް، ދަނޑުވެރިން ބޭނުން އަގެއްގައި ވިއްކޭ ގޮތަށެވެ. ދަނޑުވެރިން ބުނަނީ މި ގޮތަށް ހަމަޖެހިއްޖެ ނަމަ ދަނދުވެރިންގެ މައްޗަށް އަމިއްލަ ކުންފުނިތަކުން ބާރުގަދަ ކުރާނެ ކަމަށެވެ. މިހާރު އޮންނަ ގޮތުން ދަނޑުވެރިން މުދާ ސީދާ ސަރުކާރަށް ގަންނަނީ ކަށަވަރު އަގެއްގަ އެވެ.

ދަނޑުވެރިން ނިއު ދިއްލީގެ ބޭރުފަށުގައި ތިބޭތާ ތިންހަފުތާއަށް ވުރެ ގިނަވަނީ އެވެ. އެމީހުންނަށް ސަރުކާރުން ގޮވާލަނީ މަޝްވަރާ ކުރުމަށެވެ. ވާހަކަ ދައްކައިގެން ސުލްހަވެރި ގޮތެއް ހޯދުމަށެވެ. އެހެން ނަމަވެސް އެ މީހުން އެ ތަނުގައި ތިބެ ހަމަނުޖެހުން ހިންގައި، ނިއު ދިއްލީގެ އެހެން އަވަށްތަކަށް ދާން އޮންނަ މަގުތައް ވަނީ ބަންދުކޮށްފަ އެވެ.

ދަނޑުވެރިންގެ ހަޅުތާލާ ހެދި އިންޑިއާގައި ކާބޯތަކެތީގެ އަގަށް ވެސް ވަނީ ބަދަލު އައިސް، ތަކެތި ލިބުން ދަތިވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345