ބޮލީވުޑް

ސަލްމާނާއި އަޖޭ ބޮޑު ކުރިމަތިލުމަކަށް ތައްޔާރުވަނީ

މިމަހުގެ 11 ވަނަ ދުވަހު އަޖޭ ދޭވްގަން ވަނީ އޭނާ ޑައިރެކްޓްކުރާ އާ ފިލްމު "މޭޑޭ" ގެ ޝޫޓިން ފެށިކަން އިއުލާން ކޮށްފަ އެވެ. މި ފިލްމުގެ ޝޫޓިން ޝެޑިއުލް ކޮށްފައިވާ ގޮތުން ފަށާ ގޮތަށް ނިންމާލަން ވަނީ ހަމަޖެހިފަ އެވެ. ފިލްމު ފެށީކަން އިއުލާން ކުރަމުން އަޖޭ ވަނީ ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާން ކޮށްފަ އެވެ. އެއީ 2022 ގެ އޭޕްރީލް 29 ވަނަ ދުވަހެވެ. މި ދުވަސްތަކަކީ އެ އަހަރުގެ ފިތުރު އީދު ފާހަގަ ކުރާ ދުވަސްވަރު ވެސް މެއެވެ.

ހުރިހާ އީދެއް ކަހަލަ ގޮތަކަށް ސަލްމާން ޚާން އަބަދުވެސް އޮންނަނީ މާ ކުރިންސުރެ ބުކް ކޮށްފަ އެވެ. އެހެންވެ 2022 ގެ އީދުގައި ރިލީޒް ކުރާނެ ފިލްމުތަކެއް މިހާރުއްސުރެ ސަލްމާން ކަނޑައަޅާފައި ވާނެ ކަމަށް ބެލެވެ އެވެ. ވީމާ އަޖޭގެ ފިލްމު އިއުލާން ކުރުމުން ސަލްމާނާއި އަޖޭ ބޮކްސް އޮފީހުގެ ވަރުގަދަ ކުރިމަތިލުމަކަށް ތައްޔާރު ވަނީ ކަމަށް އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ ބުނަން ފަށާފަ އެވެ.

އިންޑަސްޓްރީގެ ފަރާތުން މައުލޫމާތު ދިން މީހަކު ބުނީ 2022 ގެ ފިތުރު އީދު ދިމާވަނީ މޭ 2 ވަނަ ދުވަހާ އެވެ. އަދި މޭ 1 އަކީ މަސައްކަތްތެރިން ދުވަހަށް ވެފައި އަނެއް ދުވަސް އީދު ވުމުން ވަރަށް ބޮޑު ޗުއްޓީއެއް އެއް ދުވަސްވަރު ލިބެ އެވެ. އެހެންކަމުން މިއީ ފިލްމު އުފައްދާ ރިލީޒްކުރާ މީހުން އެމީހުންގެ ފިލްމުތައް ރިލީޒް ކުރުމަށް ވަރަށް ސަމާލުކަން ދޭނެ ދުވަސްވަރެކެވެ. ޚާއްސަކޮށް ސަލްމާން މިވަރުގެ ފުރުސަތެއް އެއްގޮތަކަށް ވެސް ނަގާލާނެ ކަމަކަށް ނުބެލެވެ އެވެ.

އެހާ ތަނަށް ދާއިރަށް ސަލްމާންގެ "ޓައިގާ 3"ގެ މަސައްކަތް ނިމި ރިލީޒް ކުރެވޭ ވަރު ވާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި ހުރިހާ ކަމެއް ހަމަޖެހިފައިވާ ގޮތަށް ދާނަމަ ސަލްމާންގެ "ކިކް 2" ވެސް އެހާތަނަށް އޮންނާނީ ރިލީޒް ކުރެވޭ ވަރު ވެފަ އެވެ.

ވީމާ، 2020 ގެ އޭޕްރީލް 29 ގައި ސަލްމާންގެ "ކިކް 2" ނުވަތަ "ޓައިގާ 3" ރިލީޒް ކުރަން އޭނާ ވިސްނާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

އަޖޭގެ "މޭޑޭ"އަކީ ގިނަ ތަރިން ތަކަކާއެކު އޭނާ އުފައްދާ ޑްރީމް ޕްރޮޖެކްޓެކެވެ. އެ ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން އެކްޓަރެއްގެ ގޮތުގައި ވެސް އޭނާ ވަރަށް ވަރުގަދަ ރޯލެއް މި ފިލްމުގައި ކުޅެ އެވެ. އަމީތާބް ބައްޗަން އާއި ރަކުލް ޕްރީތު ސިންގް ބައިވެރިވާ މި ފިލްމު 2020 ގެ ފިތުރު އީދު ދުވަހު ރިލީޒް ކުރާކަން އަޖޭ އިއުލާން ކުރުމާއެކު ފިލްމު ބަލާ މީހުން ތިބީ ވަރަށް ޝައުގުވެރި ކަމާއެކު ދެން ވާނެ ގޮތެއް ބަލާށެވެ.

ޓްރޭޑް އެކްސްޕާޓުން ބުނާ ގޮތުގައި ސަލްމާނާއި އަޖޭގެ ފިލްމަކީ ބޮޑު ބަޖެޓަކުން އުފައްދާ ވަރުގަދަ ފިލްމުތަކަށް ވާތީ ބޮކްސް އޮފީހުގައި މުޑިއެރުމަކީ ދެ ފިލްމަށް ވެސް ގެއްލުން ވާނެ ކަމެއް ކަމަށެވެ. އަދި ކޮންމެވެސް އެއް ފިލްމެއް ހަފުތާއެއް ވަރު ފަހަތަށް ނުވަތަ ކުރިޔަށް ޖައްސާލުން ބުއްދިވެރި ކަމަށް އެކްސްޕާޓުން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރާ ހަމައަށް ހުރިހާ އީދެއްގައި ވެސް ރިލީޒްކޮށްފައި ވަނީ ހަމައެކަނި ސަލްމާންގެ ފިލްމުތަކެވެ. ނަމަވެސް އީދުގައި "މޭޑޭ" ރިލީޒް ކުރާނެ ކަން ޔަގީންވުމާއެކު ސަލްމާނަށް ފުރަތަމަ ފަހަރަށް އީދު ފެސްޓިވަލްގައި އެހެން ފިލްމަކާ ވަރުގަދަޔަށް ވާދަ ކުރަން ޖެހޭނެ އެވެ.

މިހާރު ބެލެވޭ ގޮތުގައި 2021 ގެ އީދުގައި ވެސް ސަލްމާނަށް ބޮކްސް އޮފީހުގައި އެހެން ފިލްމަކާ ވާދަ ކުރަން ޖެހޭނެ އެވެ. ސަލްމާންގެ 'ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" ފިތުރު އީދުގައި ރިލީޒް ކުރާކަން އިއުލާން ކޮށްފައިވާފައިވާ ޖޯން އަބްރަހަމްގެ "ސަތުޔަމޭވް ޖައިތޭ 2" ވެސް ހަމަ އެ ދުވަހު (މޭ 12، 2021) ގައި ރިލީޒްކުރާކަން ވަނީ އިއުލާން ކޮށްފަ އެވެ.

މި ފިލްމުތަކަށް ކުރިޔަށް އޮތް ތަނުގައިވާ ގޮތަކުން އަޖޭ އާއި ސަލްމާންގެ ފިލްމުގެ ވާދަވެރިކަން އިތުރަށް ހޫނުވާނެކަމަށް ލަފާ ކުރެ ވެއެވެ.