މަސްވެރިން ނިކަމެތިވީ މިހާރުގެ ސަރުކާރުގެ ދޯދިޔާ ކަމުން ކަމަށާއި އެކަމަށް އޮތް ހައްލަކީ ވޯޓުން މި ސަރުކާރު ބަލިކުރުން ކަމަށް ކުރީގެނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. -- ޖަމީލް އެހެން ވިދާޅުވި އިރު ލޯކަަލް ކައުންސިލްގެ އިންތިހާބު އަންނަ މާޗް މަހުގެ ތެރޭގައި އޮންނާނެ އެވެ.
ފެލިވަރު ފަލު ތެރޭގައި މަސްވެރިން މުޒާހަރާ ކުރާ ދަނޑިވަޅެއްގައި ޖަމީލު މިއަދު ވިދާޅުވެފައި ވަނީ ދިވެހި މަސްވެެރިން ނިކަމެތިވީ ޕީޕީއެމްގެ ސިޔާސީ ބާރު ގެއްލުމުން ކަމަށެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ އިގްތިސޯދަށް ވާނުވާ ނޭނގޭ ބަޔަކަށް މަސްވެރިންގެ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ. އަދި މަސްވެރިން ހާލުގައި ޖެހުމަކީ ގައުމަށް ލިބޭ އެންމެ ބޮޑު ގެއްލުން ކަމަށާއި މި ސަރުކާރުން ހުރިހާ ބާރެއް ލިބުމުން ވެސް މަސްވެރިންނަށް ހަމަ އަގު ނުދިން ކަަމަށެވެ.
މި ސަރުކާރުން މަސްވެރިންނާ މެދު ނިކަމެތިކޮން ހިތާކަމަށް އިދިކޮޅުން ބުނަމުން އަންނައިރު މަސްވެރިންގެ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މަސްވެރިންގެ މައްސަަލަތައް ހައްލު ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.