ހަބަރު

އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ހާއްސަ މެޑެއްޔެއް

ކީރިތި ގުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް، މި އަހަރުން ފެށިގެން ހާއްސަ މެޑެއްޔެއް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

މި އަހަރު އެ މެޑަލް ހާސިލްކުރި ހާފިޒުންނަށް މެޑެލް ހަވާލު ކުރުން އޮންނާނީ ދައުލަތުން ދޭ އެކި އިނާމުތައް ދޭން މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި އަހަރު އެއް ވަނަ ދަރަޖައިގައި ފާސްވެފައި ވަނީ ހަތަރު ހާފިޒުންނެވެ.

ރައީސް އޮފީހުން ބުނީ، ކީރިތި ގުރްއާން ހިތުދަސްކޮށް، ދެ ވަނަ އާއި ތިން ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސް ދެއްވާ މެޑެލް، މީގެ ފަހުން ދޭނީ ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރަން ބާއްވަވާ ޖަލްސާގައި ކަމަށެވެ.