ރާއްޖޭގެ ފުޓްބޯޅައިގައި ފުރަތަމަ ފަހަރަށް ބޯލް ޕޮޒިޝަން ގުނަން އެފްއޭއެމުން ފަށައިފި އެވެ.
ފުޓްބޯޅް ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި ލީގްގައި މިހާތަނަށް ކުޅެވުނު އަށް މެޗުގައިވެސް ވަނީ ބޯލް ޕޮޒިޝަން ރޭޓް ބަލާފަ އެވެ.
އެފްއޭއެމްގެ އޮފިޝަލް ވިދާޅުވީ، ސީޒަން ފެށުމުގެ ކުރިން އެކަމަށް ހާއްސަކޮށް ފީފާގެ އެހީތެރިކަމާއެކު ދެ އޮފިޝަލުން ތަމްރީން ކޮށްފައިވާނެ ކަމަށެވެ. ކޮންމެ މެޗެއްގެ ވެސް ހާފް ޓައިމްގައި ފުރަތަމަ ހާފުގެ ބޯލް ޕޮޒެޝަން ރޭޓާއި މެޗަށް ފަހު މުޅި މެޗުގެ ބޯލް ޕޮޒެޝަން ރޭޓް އެފްއޭއެމުން އާންމު ކުރެ އެވެ.
ގައުމީ ޓީމުގެ ކޯޗް މާޓީން ކޫޕްމަން އަކީ ބޯލް ޕޮޒެޝަން ހިފަހައްޓައިގެން މެޗު ކުޅުވަން ޝައުގުވެރިވާ ތަޖުރިބާކާރެކެވެ. އޭނާ ބުނެފައި ވަނީ ދިވެހި ކުޅުންތެރިންގެ ފިޒިކަލް އަށް ބަލާއިރު ރާއްޖެއާ އެންމެ ގުޅެނީ ކުރު ޕާސްތަކެއް ޖަހައިގެން ޕޮޒެޝަން ހިފަހައްޓައިގެން ކުޅޭ ފުޓްބޯޅަ ކަމަށެވެ