ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: ޖަރުމަން ފެކްޓަރީއެއްގައި ސިރިންޖް އުފެއްދުން މެކުހަށް

މުޅި ދުނިޔޭގައި ކޮވިޑް ވަކިހިއްޕާފައި އޮތް އޮތުމުން ސަލާމަތްވުމަށް ކުރަންޖެހިފައި އޮތް ހަމައެކަނި ކަމަކީ ވެކްސިން އީޖާދު ކުރުމެއް ނޫނެވެ. އިންޖެކްޝަން ކައްޓާއި ސިރިންޖް ވެސް ވަނީ ބިލިއަނުން އުފައްދަން ޖެހިފަ އެވެ.

ޖަރުމަނުގައި އެންމެ ގިނައިން ސިރިންޖް އުފައްދާ އެލްމޯ ފެކްޓަރީގެ ކޯޑައިރެކްޓަ، ފިލިޕް ބްރައުން، އޭއެފްޕީ އަށް ވިދާޅުވީ، ބުރަ ބޮޑު ނަމަ ވެސް، ދުނިޔެ ސިރިންޖަށް ޖެހުނަ ނުދެއްވާނެ ކަމަށެވެ. ގައުމުތަކުން، ކުންފުނިތަކުން އެދޭ އަދަދަށް ސަޕްލައި ކޮށްދެއްވާނެ ކަމަށެވެ.

އެލްމޯ ފެކްޓަރީގައި، އެސްމްބްލީ ލައިންތަކުގައި މާސްކްއެޅި މީހުން 24 ގަޑިއިރު، ހަފުތާއަކު ހަތްދުވަހު ހުއްޓުމެއް ނެތި މަސައްކަތްކުރެ އެވެ. ފެކްޓަރީގައި މިހާރު ވެސް އެ ކުރަނީ ޖަރުމަނާއި އިތުރު 140 ގައުމަކުން ލިބިފައި ހުރި އޯޑަރުތަކަށް ސިރިންޖް އުފެއްދުމުގެ މަސައްކަތްތަކެވެ. އެލްމޯއިން ކޮންމެ އަހަރަކު ދެ ބިލިއަނަށް ވުރެ ގިނަ ސިރިންޖް އުފައްދަ އެވެ.

ފިލިޕް ބްރައުން ވިދާޅުވި ގޮތުގައި، ކޮންމެ 13 ސިކުންތަކުން 64 ސިރިންޖަށް ޕިސްޓަން ލައިވައި މުޅިން ފުހިހަމަކުރެވެ އެވެ. ސިރިންޖްތަކަށް ބޭނުންވާ އިންޖެކްޝަން ކަށި އުފައްދަނީ މެލޭޝިއާގައި ހުންނަ އެކުންފުނީގެ ގޮތްޕެއްގަ އެވެ.

ދުނިޔެއަށް ދިމާޥެފައި އޮތް ކޮވިޑް ހާލަތާ ގުޅިގެން ޑިމާންޑް އިތުރުވެފައި ވާތީ އިތުރު އެސެމްބްލީ ލައިނަކަށް 30 މިލިއަން ޔޫރޯ އިންވެސްޓްކުރަން ވިސްނަމުން އަންނަ ކަމަށް އެލްމޯއިން ބުންޏެވެ. އެލްމޯއިން ބުނީ މިހާލަތަށް ޚާއްސަކޮށް އުފެއްދި ސިރިންޖްތައް ބަޔޮންޓެކްއަށް ރައްދުކުރަމުން އަންނަ ކަމަށާއި ފައިޒާއިން ބޭނުންކުރަން ވެސް ފަށާފައިވާ ކަމަށެވެ.