ސީ ލައިފް ކޮމްޕްލެކްސް

ސީލައިފަށް ބަދަލު ނަގައިދޭކަށް ނުޖެހޭ: ހުކުމް

Dec 24, 2020

ދައުލަތުން ސީލައިފަށް ބަދަލުގެ ގޮތުގައި ގެ ގޮތުގައި 12 މިލިއަން ޑޮލަރު ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ދަށު ކޯޓުގެ އެ ހުކުމް ކުރީ ސީލައިފާއި ހައުސިން މިނިސްޓްރީއާ ދެމެދު 2018 ހަދާފައިވާ އެގްރިމެންޓާ އެއްގޮތްވާ ގޮތުގެ މަތިން ސީލައިފަށް ދިވެހި ދައުލަތުން ދައްކަންޖެހޭ ކަމަށް ބުނާ 12 މިލިއަން ޑޮލަރު ހޯދަން އެ ކުންފުނިން ކުރި ދައުވާގެ ޝަރީއަތަށް ފަހު އިއްޔެ އެވެ.

ހުކުމް ބުނާ ގޮތުން ސެޓްލްމަންޓް އެގްރިމެންޓާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމަށް ދިވެހި ދައުލަތުގެ މައްޗަށް އަންގާނެ ތަނެއް ނެތެވެ.

އިއްޔެ ގާޒީ ފައްޔާޒު ޝާތިރު އިއްވެވި ހުކުމްގައި ވާ ގޮތުން ސީލައިފާ ދިވެހި ދައުލަތާ އޮތް ސެޓްލްމަންޓް އެގްރިމެންޓަކީ ސީލައިފުން ކޮށްފައިވާ ހަރަދުތަކާ އެކަށީގެން ނުވާ ބޮޑު ބަދަލެއް ނާޖާއިޒު ގޮތުގައި ދިނުމަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެކުލަވާލާފައިވާ ސެޓްލްމަންޓް އެގްރީމެންޓެއް ކަމަށް އެސެޓް ރިކަވަރީއިން ކަނޑައަޅާފައިވާ ކަމަށެވެ.

އަދި އެ އެގްރީމެންޓްގައި ބަލަންޖެހޭ ކަންކަން ހުރުމާއެކު އެ އެގްރީމެންޓް ބާތިލުކޮށްފައިވާކަމަށް ބުނެ ދައުލަތް އެ ދައުވާއަށް އިންކާރުކުރާ ކަމަށެވެ. އަދި ކޮމިޝަނުން ބެލި ލިޔެކިޔުންތައް ހިސާބު ކުރުމުން ސީލައިފުން ކޮށްފައިވާ ހަރަދުތައްކަމަށް އެގްރީމެންޓްގައި ބަޔާންކޮށްފައިވާ އަދަދާ ދިމާނުވާ ކަމަށެވެ.