ހަބަރު

19 ރަށެއްގެ 80 ކިލޯ މީޓަރު މަގު ހަަދަން 1.1 ބިލިޔަން ރުފިޔާ

ރަށްރަށުގެ މަގު ހަދަން މިހާރު ހިންގާ މަޝްރޫތަކަށް 1.1 ބިލިޔަން ރުފިޔާ އަރާ ކަމަށާއި ޕްރޮޖެކްޓްތަކުގައި އެކި ރަށްރަށުގައި ހަދާ މަގުތަކުގެ ޖުމްލަ ދިގު މިން 80 ކިލޯ މީޓަރަށް އަރާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލްﷲ މުއްތޮލިބު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް 19 ރަށެއްގައި 18 މަޝްރޫއެއްގެ ގޮތުގައި ހިނގާ ކަމަށާއި އޭގެ ތެރެއިން މަސައްކަތް ނުފެށި އޮތީ ހަ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކަމަށެވެ. އެއީ ވެސް އަވަހާ ފަށަން ތައްޔާރުވެފައިވާ މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މަގު ހެދުމުމުގެ އެންމެ ބޮޑު ޕްރޮޖެކްޓެއް މިވަގުތު ހިންގަނީ ލ. އަތޮޅުގަ އެވެ

އެއީ ގަމާއި ފޮނަދޫ އާއި ގުޅޭ، ލިންކް ރޯޑް، "ލާމް ލިންކް" ހެދުމުގެ މަސައްކަތެވެ. ފޮނަދޫ އާއި އެއާޕޯޓް އޮންނަ ކައްދޫ އާއި ސިނާއި ރަށް މާންދޫ އާއި ތިން އަވަށް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ރަށް ގަމަށް ދެމިގެންދާ ލާމް ލިންކްގެ ދިގު މިނަކީ 15.1 ކިލޯ މީޓަރެވެ. މި

މަގަމަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި 30 މިލިއަން ޑޮލަރު (171.7 މިލިޔަން ރުފިޔާ) ހަރަދުކޮށްގެން ކުރިއަށް ގެންދާ މަގެކެވެ. މި މަގުގެ މަސައްކަތް ޗައިނާ ސަރުކާރުން ހަވާލުކޮށްފައިވަނީ، ޖިއާންގުޒޫ ޕްރޮވިންޝިއަލް ޓްރާންޕޯޓޭޝަން އިންޖިނިއަރިން (ޖީޓެގް) އާ އެވެ.
މި މަގު ޑިޒައިން ކުރީ ހުޅުލެ/މާލެ ބްރިޖް ޑިޒައިން ކުރި ކުންފުނިންނެވެ. އަން އަަރުގެ ގެ މެދުތެރޭގައި ލާމްލިންކް ނިމޭނެ އެވެ.