ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޕޮލިޓެކްނިކުން 1200 މީހުން ތަމްރީނު ކުރަނީ

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ސްކިލްސް ފޯ އަ ރެޒީލިއަންޓް ވާކްފޯސް (އެސްއެފްއޭއާރްވީ)ގެ ދަށުން މޯލްޑިވްސް ޕޮލިޓެކްނިކުން އެކި ދާއިރާތަކުން 1200 މީހުން ތަމުރީނު ކުރަން ނިންމައިފި އެވެ.

އެސްއެފްއޭއާރްވީ ޕްރޮގްރާމަކީ މި އަހަރުގެ ޖުލައި މަހު 15 ވަނަ ދުވަހު ސަރުކާރުން އިއުލާންށްފައިވާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ ދަށުން ހިންގޭނީ ގައުމީ ސަނަދުގެ ލެވެލް 3 ގެ ފެންވަރުގެ ކޯސްތަކެވެ. އަދި ތަމްރީނު ކުރުމަށް ކަނޑައެޅިފައިވާ އަދަދަކީ އަހަރަކު 1200 ދިވެހި ޒުވަނުންނެވެ. އެއީ ޓުއަރިޒަމް ދާއިރާއިން 600 ޒުވާނުންނާއި، އައިސީޓީ ދާއިރާއިން 200 ޒުވާނުންގެ އިތުރުން ޓުއަރިޒަމް ދާއިރާ އާއި ގުޅުންހުރި އިމާރާތް ކުރުމުގެ ދާއިރާއިން 400 ޒުވާނުންނެވެ.

އެ ޕްރޮގްރާމްގެ ދަށުން ކިޔެވުން ނިންމާ ދަރިވަރުންނަށް އެ ދަރިވަރަކު ކިޔެވި ދާއިރާއަކާ ގުޅިގެން ހަޔާއެޑިއުކޭޝަނުން އިންޓާންޝިޕް ހަމަޖައްސައިދޭނެއެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ކޯހުގެ މުއްދަތުގައި ކަނޑައެޅޭ އުސޫލެއްގެ ދަށުން 2000 ރުފިޔާގެ ޕޮކެޓުމަނީއެއް ވެސް ދެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގާ ބައެއް ކޯސްތައް ފެށުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ވަނީ ބާއްވާފައެވެ.