މާޒިޔާގެ ކޯޗު ކަމުން މުހައްމަދު ނިޒާމު އިސްތިއުފާ ދީފި އެވެ.
މިއަހަރު ޖުލައި މަހު މާޒިޔާގެ ކޯޗު ކަމާ ހަވާލުވެ، ނިޒާމުގެ ކޯޗު ކަމުގެ ދަށުން މާޒިޔާއިން ކުޅުނީ ޑޮމެސްޓިކް ސީޒަންގެ ހަތަރު މެޗެވެ. ސީޒަން ހުޅުވި ޗެރިޓީ ޝިލްޑް މެޗުގައި ކުލަބު އީގަލްސް އަތުން ބަލިވީ އެވެ.
ލީގްގައި މިހާތަނަށް ރަނގަޅު ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާ ތަކެއް ނެރުނެވެ. މާޒިޔާ އޮތީ ތާވަލުގެ އެއް ވަނައިގަ އެވެ. ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އެވެ. ރޭ ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ވީ ލަނޑެއް ނުޖެހި އެއްވަރު ވީ އެވެ.
މާޒިޔާގެ މެނޭޖުމެންޓުން ވަނީ ނިޒާމުގެ އިސްތިއުފާ ގަބޫލު ކުރާކަން ހާމަ ކޮށްފަ އެވެ.