ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސްމަގްލްކުރި 20،000 ކިލޯ ރީނދޫ ލަންކާ ފުލުހުން ހިފަހައްޓައިފި

ސްރީ ލަންކާގައި އަހަރަކު 7،000 ޓަނު ރީނދޫ ބޭނުންކުރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. މިއަހަރު ކޮވިޑާ ހެދި ގައުމު ތަޅުލެވެން ދެން އިންޑިއާއިން 5،000 ޓަނު ރީނދޫ ސްރީ ލަންކާއަށް ވަނީ އެތެރެ ކޮށްފަ އެވެ.

ދަނޑުވެރިންނަށް އެހީތެރިވުމުގެ ގޮތުން ލަންކާ ސަރުކާރުން ވަނީ ރީނދޫ ކަހަލަ ކާބޯތަކެތީގެ ބައެއް ވައްތަރުތައް އެތެރެ ކުރުން މަނާ ވެސް ކޮށްފަ އެވެ. އަދި ރީނދޫ އުފައްދާ މިންވަރު އިތުރު ކުރުމަށް ސަރުކާރުން ދަނީ އެހީތެރި ވަމުންނެވެ.

ގައުމުތައް ކޮވިޑްގައި ޖެހި މުދަލާއި ކާބޯތަކެތި އެއްގައުމުން އަނެއް ގައުމަށް އެތެރެކުރުން ދަަތިވެފައި ވަނިކޮށް، ސްރީ ލަންކާއަށް ވަގަށް އެތެރެ ކުރަން އުޅުނު 20،000 ކިލޯ ރީނދޫ ފުލުހުން ހިފަހައްޓައިފި އެވެ. ލަންކާ ނޫސްތަކުން ބުނާ ގޮތުގައި ޝިޕްމަންޓް ގެނައީ އިންޑިއާއިން ކަނޑުމަގުން، ދާއަޅާ މަސް ބޯޓެއްގަ އެވެ.

ލަންކާގައި ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޔަވަޅުތަކުގައި އެއާޕޯޓް ބަންދުކޮށް އަދި ގައުމަށް އެތެރެވުން ހަރުކަށިކުރި އެވެ. އެހެންކަމުން އިގުތިސޯދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ސްރީ ލަންކާ ރީނދުލަށް ޖެހިފައިވާ މި ދަނޑިވަޅުގައި އަގުތައް އުފުލި ބްލެކް މާކެޓުން ނޫން ގޮތަކަށް ލިބުން ފަސޭހަ ނޫން ކަމަށް ވެއެވެ. ސަރުކާރުން ރީނދޫގެ އަގު ކޮންޓްރޯލްކޮށް މުގުރި ރީނދޫ ކިލޯއެއް 750 ރުޕީސް އަށް ހަމަޖައްސާފައި އޮތް ނަމަވެސް، ކިލޯއެއްގެ އަގު 5،000 ރުޕީސް އަށް އުފުލިފައިވާ ކަމަށް ވެސް ވެއެވެ.