ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާގައި ކޮވިޑް ވެކްސިން ދޭން ފަށާނީ ފެބްރުއަރީގައި: ސްޓޭޓް މިނިިސްޓަރު

ސްރީ ލަންކާ ނޫސްތަކަށް ބުނެފައިވާ ގޮތުން، ފެބްރުއަރީ މެދާހިސާބުގައި ލަންކާގައި ކޮވިޑް ވެކްސިން ދޭން ފަށާނެ އެވެ.

ޑރ. ޝުދާޝިނީ ފެނާންޑޮޕުއްލޭ ވިދާޅުވި ކަމަށް އެ ގައުމުގެ ނޫސްތަކުގައި ބުނެފައި ވަނީ، ލަންކާ ސަރުކާރުން މަސައްކަތް ކުރަނީ އޮކްސްފޯޑް - އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން ލިބޭތޯ އެވެ. -- ޑރ. ޝުދާޝިނީ ފެނާންޑޮޕުއްލޭ އަކީ ސްޓޭޓް މިނިސްޓަރު އޮފް ޕްރައިމަރީ ހެލްތު ކެއާ، އެޕިޑާމިކްސް އެންޑް ކޮވިޑް ޑިސީޒް ކޮންޓްރޯލް އެވެ.

ސްޓޭޓް މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ގަމްޕަހާ ޑިސްޓްރިކްޓް ސެކްރެޓޭރިއޭޓްގައި، ކޮވިޑުން އަރައިގަތުމަށް ލަންކާ ސަރުކާރުން ކުރާ މަސައްކަތްތަކާއި އަމަލުކުރާ އުސޫލުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ލަންކާގައި ކޮވިޑް ވެކްސިން ދިނުމަށްޓަކައި މަރުކަޒުތައް ކަނޑައަޅާފައިވާ ކަމަށާއި ފުރަތަމަ ފައްޓަވާނީ ބަލިބޮޑު ސަރަހައްދުތަކަށް އިސްކަން ދެއްވައިގެން ކަމަށެވެ.

ސްޓޭޓް މިނިސްޓަރު ފެނާންޑޮޕުއްލޭ ވިދާޅުވީ ސަރުކާރުން އާންމުންގެ އެހީތެރި ކަމަށް އެދޭ ކަމަށާއި ސަރަހައްދީ ބައިވެރިވުން މުހިންމު ކަމަށެވެ. ކޮވިޑް ވެކްސިން ދޭން ހިންގާ ޕްރޮގްރާމް ކާމިޔާބު ކުރުމަށް ސިއްހީ އެހީތެރިންގެ އެއްބާރުލެއްވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

ލަންކާއިން އޮކްސްފޯޑް - އެސްޓްރަޒެނެކާ ވެކްސިން ދޭން ހަމަޖައްސަމުން އަންނައިރު، އިންޑިއާއިން ބުނެފައި ވަނީ ލަންކާއަށް ވެކްސިން ފޯރު ކޮށްދިނުމުގައި ލުއި ދެއްވާނެ ކަމަށާއި މަގުފަހި ކޮށްދެއް ވާނެ ކަމަށެވެ.