ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯ ކަރަންޓީ ވާން ނުޖެހޭތީ ބަހުސް ހޫނުވެއްޖެ

ދުބާއީގެ ގޯލްބް ސްކޮ އެވޯޑްގައި ރޮނާލްޑޯ
0%
0%
0%

ގުލޯބް ސޮކާ އެވޯޑް ހަފުލާއަށް އަރަބި އެމިރޭޓްސްއަށް ދަތުރު ކުރި ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ހަފުތާއަށް ކަރަންޓީން ވާން ނުޖެހުމުން އިޓަލީގެ ސޯޝަލް މީޑިއާ ހޫނު ވެއްޖެ އެވެ.

އެމިރޭޓްސްގެ ވެރިރަށް ދުބާއީގައި ރޭ ބޭއްވި އެވޯޑް ހަފުލާގައި ރޮނާލްޑޯއަށް ވަނީ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ގަރުނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދީފަ އެވެ. އެވޯޑް ހަފުލާއަށް ރޮނާލްޑޯ އެމިރޭޓްސް އަށް ދަތުރު ކުރީ ހާއްސަ ހުއްދަ އެއްގެ ދަށުންނެވެ. އެހެންވެ އޭނާ ވަނީ 14 ދުވަހުގެ ކަރަންޓީނުން ސަލާމަތް ވެފަ އެވެ.

އިޓަލީގެ ސޯޝަލް މީޑީއާގައި އުފެދިފައިވާ ބަހުސް ހޫނު ވެފައި ވަނީ ފިނި މޫސުމުގެ ބުރޭކަށް ލީގް މެދުކަނޑާލުމުން، ރޮނާލްޑޯ އާއި އެހެން ފުޓްބޯޅަ ތަރިން ގައުމުން ބޭރަށް ގޮސް އެނބުރި އިޓަލީއަށް ދިއުމުން ވެސް ކަރަންޓީން ވާން ނުޖެހޭތީ އެވެ. އެހެން ނަމަވެސް ގައުމުން ބޭރަށް ދަތުރު ކުރާ އާންމުން އެނބުރި އިޓަލީއަށް ދިއުމަށް ފަހު ކަރަންޓީން ވާން ޖެހޭތީ މައްސަލަ ވަނީ ހޫނުވެފަ އެވެ.

ޗުއްޓިއަށް ފަހު އެނބުރި ދާ ކުޅުންތެރިންނަށް ކަރަންޓީން ނުވެ ކުލަބުގެ ޕްރެކްޓިހުގައި ބައިވެރި ވެވޭނެ އެވެ. އިޓަލީގެ ލަ ގެޒެޓާ ޑެލޯ ސްޕޯޓްސް ނޫހުން ބުނީ ފުޓްބޯޅަ ކުޅުންތެރިން ކަރަންޓީން ވާން ނުޖެހުން އެއީ މައްސަލައެއް ނޫން ކަމަށް ބުނެފަ އެވެ. އެއީ ޓީމުގެ ޕްރެކްޓިހާ ބައިވެރިވުމުގެ ކުރިން ކޮންމެ ކުޅުންތެރިޔަކު ވަކިން ޓެސްޓް ހަދާތީ އެވެ.

އަދި ގައުމުން ބޭރަށް ގޮސް އެނބުރި އަންނަ ކުޅުންތެރިން އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރި ނުވެވޭނެކަން އެ ނޫހުން ފާހަގަ ކޮށްފައި ވެއެވެ. އެ ކުޅުންތެރިންނަށް ބައިވެރި ވެވޭނީ ކުލަބުގެ ޕްރެކްޓިހާއި މެޗުގައި އެކަނި ކަމަށް ގެޒެޓާ ޑެލޯ އިން ބުންޏެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މިއަދު

ތިހިސާބުން ރޮނާލްޑޯ ކުޅުން ހުއްޓާލަންވީ ދުނިޔޭގެ ފްޓްބޯޅަށް ޚިދުމަތް ކޮށްދެވިއްޖެ ރޮނާލްޑޯގެ ތިމަސައްކަތުން ލިބުނު ތަނަވަސް ހެޔޮގޮތުގައި ބޭނުންކުރުމަށް ރޮނާލްޑޯ އިސްލާމްވެ ދުނިޔޭގެ ނިކަމެތި މުސްލިމުންނަށް ހޭދަކޮށްދީފިނަމަ ހާދަ އުފަލޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345