ފައިސަލް ނަސީމް

"ސިޔާސަތަކީ ތަރައްގީ ހަރުފަތްތައް ގިރާކުރުން"

ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އަހާ، ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާއެކު ތަރައްގީ ހަރުފަތްތައް ގިރާކުރުން ކަމުގައި ރައީސުލްޖުމުހުރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ގއ. ވިލިނގިލީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވާ، އެ އަތޮޅުގެ ތަރައްގީއާއި ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވުމަށް ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި، ތައުލީމީ ދާއިރާއާއި، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން މުޖުތަމައު ސަލާމަތްކުރުމާއި، އެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމާއި، ވަޒީފާގެ ފުރުސަތުތައް ފަހި ކުރުމާއި ޒުވާނުންނާއި އަންހެނުންގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން އެ މީހުންނަށް އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އަތޮޅާއި ރަށު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ.