ހަބަރު

ވިލިނގިލީ "ދަގެނާ" ހުޅުވައިފި

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުނަށް ފަރުވާ ދޭން "ދަގެނާ" ގެ ނަމުގައި ކޮމިއުނިޓީ ރިހިބިލިޓޭޝަން ސާވިސް ސެންޓަރެއް ގއ. ވިލިނގިލީގައި ހުޅުވައިފި އެވެ.

އެ ސެންޓަރު މިއަދު ހުޅުވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

"ދަގެނާ" އަކީ ސަރުކާރުގެ އިދާރާތަކާއި، ކުލަބް ޖަމުއިއްޔާތަކާއި މުޖުތަމައުގެ އެންމެން ގުޅިގެން އެހީތެރި ވެދޭ ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ކޮމިއުނިޓީ ފަރުވާގެ ހިދުމަތް ދޭން ފެށި މި ފަދަ ފުރަތަމަ ކޮމިއުނިޓީ ފަރުވާގެ ނިޒާމެވެ.

ފަރުވާގެ އެ ނިޒާމު ބައްޓަން ކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހަކު ފަރުވާ ނިންމާ މުޖުތަމައަށް ނުކުންނަ ހިސާބުން އޭނާ ދޫކޮށް ނުލައި އެހީތެރިވެދިނުމުގެ ގޮތުން ޖުތަމައުގެ ބައިވެރިވުން ހިމެނޭގޮތަށް ގާއިމުކުރާ ސަޕޯޓު ސިސްޓަމެއްގެ ތެރެއިންނެވެ.

ވިލިނގިލީގައި ހުޅުވި ސެންޓަރުން ޑްރަގް ޑީޓޮކްސިފިކޭޝަން ކައުންސެލިންނާއި، ސައިކޯސޯޝަލް ސަޕޯޓާއި ޓްރެއިނިން އަދި އަފްޓާކެއާގެ އިތުރުން އައުޓްރީޗް ގެ ހިދުމަތް ވެސް ދޭނެ އެވެ.