ހަބަރު

ސީޕީ ކަމުން ހުސައިން ވަހީދު ވަކިކޮށްފި

Oct 23, 2015
3

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ހުސައިން ވަހީދު ވަކިކޮށްފި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމަށް އަހުމަދު އަރީފު ބަދަލު ކުރައްވާ ފުލުސް އިދާރާ ހިންގުން އޭނާއާ އާ ހަވާލުކޮށްފި އެވެ. އޭނާ ކުރިން ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ ކަމުގަ އެވެ.

މިރޭ މަގާމުން ހުސައިން ވަހީދު ވަކި ކުރި އިރު އޭނާ ލެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށެވެ. ރައީސް އަބްދުﷲ ޔާމީން ވެރި ކަމަށް ވަޑައިގަތުމަށްފަހު ކޮމިޝަނާގެ މަގާމުން ދެއްވި ހުސައިން ވަހީދު މަގާމުން ދުރުކޮށް ޑެޕިއުޓީ މިނިސްޓަރުކަން ދެއްވީ މިދިއަ ހަފުތާގެ އަންގާރަ ދުވަހު ކުއްލި ގޮތަކަށް މެޑިކަލް ލީވްއެއް ނަންގަވައިގެން ސިންޕޫރަށް ވަޑައިގެން ހުންނަވަނިކޮށެވެ. އަދި އޭނާ މަގާމުން ދުރު ކުރާ ކަމުގެ އަޑުތައް ވަރަށް ބޮޑަށް ފެތުރިފައި ވަނިކޮށެވެ.

މިވަގުތު ސިންގަޕޫރުގައި ހުންނެވި ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ހުސައިން ވަހީދު ވަކި ކުރެއްވި އިރު ފުލުހުންގެ އިސް ބައެއް އެހެން ވެރިން ވެސް ވަނީ އެކި މަގާމުތަކަށް ބަދަލުކޮށްފައެވެ.

މިދިއަ މަހުގެ 28 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ ތަހުގީގުގެ ކުރަން އެކުލަވައިލި ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގައި ވެސް އޭނާ ހިމެނި ވަޑައެއް ނުގަންނަވައެވެ. އަދި އޭގެ ފަހުން ރައީސް ޔާމީން ވަނީ ކުއްލި ގޮތަކަށް ފުލުސް އިދާރާއަށް ވަޑައިގެން ހުސައިން ވަހީދު އާއި ބައްދަލުވެސް ކުރައްވާފަ އެވެ.

މިއަދު މަގާމުން ވަކި ކުރި އިރު، އަދި ބޮމުގެ ހަމަލާގެ ތަހުގީގުގެ ޓީމްގައި ހުސައިން ވަހީދު ހިމެނި ވަޑައި ނުގެންނެވި ނަމަވެސް އޭނާ ވަނީ އެ ހަމަލާއާ ގުޅޭ ގޮތުން މީގެ އަށް ދުވަސް ކުރިން ވާހަކަފުޅު ދައްކަވާފައެވެ. އެ ދުވަހު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި "ފިނިފެންމާ" ގައި ދިން ހަމަލާގެ ތަހުގީގަށް ކޮންމެ މީހަކު ހައްޔަރުކުރަން ޖެހުނަސް އެކަމުގައި ފަސްނުޖެހި އެކަން ކުރައްވާނެ ކަމަށެވެ.

ހުސައިން ވަހީދަށް ރައީސް ޔާމީން ފުލުސް ކޮމިޝަނާ ކަން ދެއްވީ ޑެޕިއުޓީ ފުލުސް ކޮމިޝަނާ ކަމުގެ މަގާމުގައި ހުންނަވަނިކޮށެވެ. ނޮވެމްބަރު 19، 2013 އިގައެވެ.