- ކޮމިޝަނާގެ ޒިންމާތައް އަރީފަށް
- ހުސައިން ވަހީދަށް ސްޓޭޓް މިނިސްޓަރުކަން
- ހަބީބަށް ޑެޕިއުޓީ މިނިސްޓަރުކަން
- ސޯދިގަށް ޖެންޑާގެ ނައިބުކަން
ކޮމިޝަނާ އޮފް ޕޮލިސްގެ މާގާމުން ވަކި ކުރެއްވި ހުސައިން ވަހީދު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގައި ހުންނެވި މުހައްމަދު ސޯދިގު ޖެންޑާ މިނިސްޓްރީގެ ނައިބު ކަމަށް ބަދަލުކޮށްފި ކުރައްވައިފިއެވެ. މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހަސަން ހަބީބު ފުލުހުންގެ މަގާމުން ވަކިކޮށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ވެސް ވަނީ މިރޭ ބަދަލު ކުރައްވާފަ އެވެ.
ރައީސް އަބްދުﷲ ޔާމީން މިރޭ ކުއްލި ގޮތަކަށް މި ބަދަލުގެ ގެނައީ ފުލުހުންގެ އިދާރާ އިތުރަށް ހަރުދަނާ ކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން އެހެން ބައެއް ބަދަލެއް ވެސް ވަނީ ގެންނަވާފައެވެ. އެގޮތުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު، އަދި ފުުލުސް އިންޓެލިޖެންސްގެ ވެރިޔާ އަހުމަދު އަރީފު ޑެޕިއުޓީ ކޮމިޝަނާގެ މަގާމަށް ބަދަލުކޮށް ފުލުސް އިދާރާ ހިންގުމާއި ފުލުސް ކޮމިޝަނާގެ ހުރިހާ ޒިންމާތަކެއް އޭނާއާ ވަނީ ހަވާލު ކުރައްވާފައެވެ.
ރައީސް އޮފހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ މި ބަދަލުތައް ރައީސް ގެންނެވީ ފުލުހުންގެ އިދާރާ ހަރުދަނާ ކުރެއްވުމަށް ގެނައި ބަދަލު ތަކެއް ކަމަށެވެ.
"މިއީ ފުުލުސް އިދާރާ ހަރުދަނާ ކުރުމުގެ ގޮތުން ރައީސް ގެންނެވި ބަދަލުތަކެއް. މި ސަރުކާރު އޮތީ ސާބިތު ކަމާއެކު މި އަންނަ ބަދަލު ތަކަކީ ރައީސަށް ގާނޫނު އަސާސީން ލިބި ވަޑައިގަންނަވާ ބާރުތަކުގެ ތެރެއިން ގެންނަވާ ބަަލުތައް. މިއީ އަކީ ސަރުކާރުގެ ތެރޭގައި އެއްވެސް މައްސަލައެއް އޮވެގެން ގެންނަ ބަދަލުތަކެއް އްނޫނ . މިއީ މުއައްސަސާތައް ހަރުދަނާކޮށް ރަނގަޅަށް ހިންގުމަށް ގެންނަ ބަދަލުތަކެއް،" ތަރުޖަމާނު މުއާޒު ވިދާޅުވި އެވެ.