އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ޑެޕިއުޓީ ކޮމިޝަނާގެ މަގާމަށް ބަދަލުކޮށް ފުލުހުންގެ އިދާރާ ހިންގުން ހަވާލުކޮށް ކޮމިޝަނާ އޮފް ޕޮލިސްގެ ޒިންމާތައް އޭނާއާ ހަވާލު ކުރައްވައިފި އެވެ.
ކޮމިޝަނާގެ ޒިންމާތައް އަރީފާ ހަވާލު ކުރެއްވި އިރު ރައީސްގެ ލޯންޗް ކޮޅުގައި ރައީސަށް ދިން ހަމަލާއަށްފަހު ފުލުސް އިންޓެލިޖެންސްގެ ވެރިޔާކަން ވެސް ހަވާލު ކުރައްވާފައި ވަނީ އޭނާއާ އެވެ.
ރައީސް އޮފީހުން މިރޭ ބުނީ އަރީފާ ޕޮލިސް ކޮމިޝަނާއެއްގެ ހުރިހާ ޒިންމާތައް ރައީސް ހަވާލު ކުރެއްވީ އެ އިދާރާ ހަރުދަނާ ކުރެއްވުމަށް އެޅުއްވެވި ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.