މަޝްހޫރު ކަމެއް ހޯދި ނޫސްވެރިޔާ ޖަންގް ޖަން، 37، ހަތަރު އަހަރަށް ޖަލަށް ހުކުމްކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ ވުހާންގައި ކޮވިޑް ފެތުރެމުން ދިއައިރު ހާލަތާ ނުބައްދަލު ވާހަކަތައް ރިޕޯޓް ކުރުމެވެ. އާންމުގެ ތެރޭގައި ބިރުވެރިކަން އުފެއްދުމާއި ސަރުކާރަށް ނަފުރަތު ކުރަން އާންމުންނަށް ހިތްވަރު ދީފައި ވާތީ އެވެ.
ޖަންގް އަކީ ގާނޫނީ ވަކީލެކެވެ. އޭނާ ވުހާންއަށް ދިއައީ ކޮވިޑާ ބެހޭ ގޮތުން އާންމުނަށް މައުލޫމާތު ފޯރު ކޮށްދިނުމަށެވެ. ސޯޝަލް މީޑިއާ – ވީޗެޓް، ޔޫޓިއުބް އަދި ޓްވިޓާ ފަދަ ވަސީލަތްތައް މެދުވެރިކޮށް މަންޒަރުތައް އޭނާ ވަނީ ސްޓްރީމްކޮށް ދުރަށް ފޮނުވާފަ އެވެ. އެހެން ކަމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ ބައެއްގެ ސަމާލުކަން އޭނާ ވަނީ ހޯދާފަ އެވެ.
ޖަންގް ހިފަހައްޓައި އޭނާގެ މައްޗަށް ކުރި ތުހުމަތުގެ ތެރޭގައި ގައުމުގައި ހިނގާ ކަންތައްތައް ގައުމުން ބޭރަށް ފޮނުވުން ހިމެނެ އެވެ. އޭނާގެ މައްޗަށް ދައުވާކު ރުމުގައި ޒުވާބު ކުރުމާއި މަސްލަހަތު ނަގާލަން އުޅެފައިވާ ކަމަށް ވެސް ވަނީ ބަލާފަ އެވެ.
ޖަންގް ޖަންގެ ވަކީލު، ޖަންގް ކެކޭ ބުނި ގޮތުގައި އޭނާގެ ކްލަޔަންޓާ މެދު އަމަލުކޮށްފައި ވަނީ ހާލަތާ ނުބައްދަލު ކޮށެވެ. އެއީ ކީއްވެތޯ އެސޯސިއޭޓް ޕްރެސްއިން ސުވާލު ކުރުމުން ވަކީލު ކެކޭ ބުނީ އެއީ ބަންދުގައި ހުރެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރުމުން ކަމަށެވެ. އަދި ގަދަކަމުން ކާންދޭން ހަދައިގެން ޖަންގް ޖަންއަށް އަނިޔާވެފައިވާ ކަމަށް ވެސް ބުންޏެވެ.