ހަބަރު

މަޑަވެލި މެޖިސްޓްރޭޓްގެ މައްސަލަ ސާބިތެއް ނުވި

Dec 30, 2020
1

ގދ. މަޑަވެލި ކޯޓުގެ މެޖިސްޓްރޭޓްގެ މައްޗަށް ތުހުމަތުކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

މެޖިސްޓްރޭޓް ޝާތިރު ހަސަންއާ ގުޅޭ މައްސަލައެއް އެންމެ ފުރަތަމަ ތަހުގީގުކުރަމުންދާކަމަށް ޖޭއެސްސީން ބުނެފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ. އެފަހަރު ޝާތިރުގެ އިތުރުން ހަތަރު މެޖިސްޓްރޭޓެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށި އެވެ.

ޝާތިރުގެ މައްސަލައާ ގުޅޭގޮތުން، ޖޭއެސްސީން މިއަދު ބުނީ އެ މައްސަލަ ތަހުގީގުކުރުމަށްފަހު، އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާނުވާކަމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ދީފައެއްނުވެ އެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ޖޭއެސްސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެ ކޮމިޝަނުން ދަނީ ގިނަ މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންނެވެ. މިގޮތުން، އޭގެ ތެރެއިން ބައެއް މައްސަލަތައް ސާބިތުވެ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެފަދަ މެޖިސްޓްރޭޓުންނާއި ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވެސްވެ އެވެ.