ދުނިޔެ

އަދަން އެއާޕޯޓްގައި ބާރުގަދަ އެއްޗެއް ގޮއްވާލައި 27 މީހުން މަރާލައިފި

އަދަން އެއާޕޯޓަށް ދިން ހަމަލާއެއްގައި 27 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ދިފާއީ ބާރުތަކުން ބުނެ އެވެ. މީހުން ސަލާމަތް ކުރުމުގައި އުޅުނު މީހުން ބުނީ އެކިވަރުގެ އަނިޔާއިން ޒަހަމްވެފައި ތިބި އަދަދު ވަކި މަދުނޫން ކަމަށެވެ. އެއާޕޯޓަށް ހަމަލާ ދީފައި ވަނީ، ޔަމަނުގައި ޝަރުއީ ސަރުކާރުން ކޮންޓްރޯކްކުރާ ބައިގެ އާކެބިނެޓް ގޮވައިގެން ސައޫދީ އަރަބިއްޔާއިން ދިއަ މަތިންދާބޯޓް އަދަނަށް ޖައްސައި އިރުކޮޅެއްވި ފަހުންނެވެ.

މިހަމަލާ ކުށްވެރިކުރައްވައި ޔޫއެން ޔަމަން މަނދޫބު ކުރެއްވި ޓްވީޓް

ލޯކަލް މީޑިއާ ބުނާ ބުނާ ގޮތުގައި، ދެވަނަ ހަމަލާއެއް ވެސް ވަނީ ދީފަ އެވެ. ރިޔާސީ ގަނޑުވަރާ މާދުރު ނޫން ހިސާބަކުން ބާރުގަދަ އަޑުފައްގަނޑެއް އިވުނުއިރު، ބޮޑުވަޒީރާއި ކެބިނެޓް އަދި ސައުދީން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ރިޔާސީ ގަނޑުވަރުގައި އުޅުއްވަ އެވެ.

މަތިންދާބޯޓް ޖެއްސިތަނާހެން އެއާޕޯޓް ތެރޭގައި ބަޑިތަޅައިގަތްއަޑު އިވުނު ކަމަށް ލޯކަލް ސެކިޔުރިޓީން ބުނެ އެވެ. އެއާޕޯޓް ހޯލަށް މޯޓަރުބަޑިން ހަމަލާދީފައި ހުރި ކަމަށް ވެސް ސެކިޔުރިޓީން ބުނެ އެވެ.

ޔަމަންގެ އަދަން އެއާޕޯޓަށް ދިން ހަމަލާ - ހަމަލާދިން ވަކި ބަޔަކު އަދި ނޭނގޭ

ސިއްހީ އޮފިޝަލުންނާ ހަވާލީދީ ރޮއިޓާސް ބުނާ ގޮތުގައި 50 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައި ވެއެވެ. މަރުވި މީހުންގެ އަދަދު ސީދާނުބުނެ އޮފިޝަލް ބުނީ އަނިޔާވި މީހުންގެ ތެރެއިން ވެސް ބަޔަކު މަރުވެދާނެ ކަމަށެވެ. އަނިޔާވި މީހުންތެ ތެރެއިން 17 މީހަކު އަދަންގެ ހޮސްޕިޓަލަށް ގެންދަންޖެހުނު ކަމަށް އޭނާ ބުނެ އެވެ.