ބޭރު ކުޅިވަރު

ސިޓީގެ ސަޕޯޓަރުންގެ ޗެމްޕިއަންސް ލީގުގެ ލަވަޔަށް މަލާމާތްކޮށްފި

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ލަވަޔަށް މަލާމާތްކުރުމުން މެންޗެސްޓާ ސިޓީގެ ސަޕޯޓަރުން މަލާމާތް ކުރުމުން އެކުލަބަށް އަދަބުދޭން ޔޫއޭފާއިން މަސައްކަތް ފަށައިފި އެވެ.

ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން ބުނީ އެ ޖަމާއަތުން ބާއްވާ އެންމެ ބޮޑު ކުލަބު މުބާރާތުގެ ލަވަޔަށް ސިޓީގެ ސަޕޯޓަރުން މަލާމާތްކުރި މައްސަލަ އަންނަ މަހު ބަލަން ފަށާނެ ކަމަށެވެ. އަދި މި މައްސަލާގައި ކުލަބާ ސުވާލު ވެސް ކުރާނެ ކަމަށެވެ.

ސިޓީގެ ސަޕޯޓަރުން މި ލަވައަށް މަލާމާތް ކުރީ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ސެވިއްޔާ އަތުން 2-1އިން ސިޓީ މޮޅުވި މެޗުގަ އެވެ.

"އަހަންނަކަށް ނޭނގެ ޔޫއޭފާއިން އަހަރުމެންގެ ސަޕޯޓަރުންގެ އިހުސާސްތައް އެމީހުން ފާޅުކުރުމުން އެކަމާމެދު ގޯސްކޮށް ވިސްނާ ސަބަބެއް. އެމީހުން އެކަން ކުރީ ޓިކެޓް ގަނެގެން ދަނޑަށް ވަދެ އިހުތިރާމާއެކު. އެމީހުންނަށް އިހުސާސް އެމީހުންނަށް ވެސް ބުނެދެވޭނެ،" މައްސަލަ ޔޫއޭފާއިން ބަލަން ނިންމުމުން ސިޓީގެ ކޯޗު މެނުއަލް ޕެލެގްރީނީ ބުންޏެވެ.

ސިޓީގެ ސަޕޯޓަރުން ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ޔޫއޭފާ އަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެއީ ރަޝިޔާގައި ކުޅެން ޖެހުނު މެޗަކަށް ވަދެވޭގޮތް ނުވުމުންނެވެ.