ފީފާ ޕްރޯ ލައިސަންސް ކޯޗިން ކޯސް ހެދުމަށް ބީޖީގެ ކޯޗު މުހައްމަދު ޝާޒްލީ ސްވިޒަލޭންޑަށް ފުރައިފި އެވެ.
ދެ ހަފުތާގެ ކޯހަށް އޭނާ ފުރުމުން އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ބާކީބައިގައި ބީޖީ އަށް އިރުޝާދުދޭނީ އެ ޓީމުގެ ގޯލްކީޕަރު ޓްރޭނަރު ކެލަމާ ހަސަން ރަޝީދެވެ.
ކުރިން ވިކްޓަރީ އަށް ކުޅުނު ޝާޒްލީ އަކީ ބީޖީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިން ކޯޗުވެސްމެ އެވެ. އޭނާ އަކީ އޭ ލައިސަންސްގެ ކޯޗަކަށްވާއިރު ރާއްޖޭގައި ހުރި ފުޓްސަލް ކޯޗިން އިންސްޓަކްޓަރަކީ ވެސް އޭނާ އެވެ.
ޝާޒްލީގެ ބެލުމުގެ ދަށުން ބީޖީ ވަނީ ލީގުގެ ފުރަތަމަ ބުރުން އަށް ޕޮއިންޓާއެކު ހަ ވަނާގަ އެވެ. އަދި ޕްރެޒިޑެންޓްސް ކަޕުގެ ސެމީ އަށް ނުގޮސް އެ ޓީމު ކެޓީ ނިއު އާއ ޓީސީއާ ޕޮއިންޓުން ހަމަހަމަވި ނަމަވެސް ފައިދާ ގޯލުގެ ތަފާތުންނެވެ.