ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އުކުޅަހުން ދެ ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އއ. އުކުޅަހުން ދެ ފަތުރުވެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މީގެ ކުރިންވެސް އެ ރަށުން ފަތުރުވެރިއަކު ޕޮޒިޓިވްވެފައިވެއެވެ.

ލޯކަލް ޓޫރިޒަމް ފުޅާކޮށްފައިވާ އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އުމުރުން ފަސް އަހަރުގެ ކުއްޖަކާއި 40 އަހަރުގެ މީހެކެވެ. އެއީ އެރަށުގެ ގެސްޓްހައުސްއަކަށް ޗުއްޓީއަށް އައިސްތިބި އެއް އާއިލާއެއްގެ ދެ މީހުންނެވެ.

އުކުޅަހު ކައުންސިލުން ބުނީ ދެ ފަތުރުވެރިން ޕޮޒިޓިވްވުމާއި ގުޅިގެން އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް އެ މީހުން އެކަހެރިކޮށް ކޮންޓެކްޓްވީ މީހުން ދެނެގަންނަމުންދާ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލާ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ހުއްދަ ދީފައިވާއިރު ގިނަ ރަށްތަކެއްގައި ހުރި ގެސްޓްހައުސްތައްވެސް ވަނީ ހުޅުވާލާފައެވެ. ރާއްޖެއައި ބައެއް ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ހަތް މީހަކު ޕޮޒިޓިވްވެ، ނިޔާމަ ރިސޯޓް އޮތީ އެޗްޕީއޭގެ މޮނިޓަރިންގައެވެ.