ދުނިޔެ

އިނގިރޭސިވިލާތް ރަސްމީކޮށް އީޔޫއިން ވަކިވެއްޖެ

އިނގިރޭސިން އެދެނީ ޔޫރަޕަށް ބަރޯސާ ނުވާ އިގުތިސޯދަކަށެވެ. އަމިއްލަ މިނިވަން ކާމާއި އިހުތިޔާރުގައި ގައުމީ ނިންމުންތައް ނިންމުމަށެވެ. އީޔޫއިން ވަކިވެ އަމިއްލަ ގަވާއިދުތަކަށް އަމަލު ކުރަން ފެށުމަށެވެ. ބްރެކްސިޓް – އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަނުން ވަކިވުމަށް އިޝާރާތް ކުރެވޭ އާންމު ލަފުޒަކީ މިއީ އެވެ.

އިނގިރޭސިވިލާތް ރަސްމީކޮށް އީޔޫއިން ވަކިވެއްޖެ އެވެ. އިނގިރޭސިން ދެކޭ ގޮތުގައި މި ލިބުނީ ވަރަށް ބޮޑު މިނިވަން ކަމެކެވެ. އެހެން ނަމަވެސް، ގައުމު ހިންގުމުގައި ޒަރޫރީ ކިތަންމެ ކަމެއްގައި ޔޫރަޕަށް ބަރޯސާވާން ޖެހެ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ގަވާއިދުކަތަށް އަމަލު ކުރުން އިނގިރޭސިންނަށް ލާޒިމު ނޫން ނަމަވެސް، ވިޔަފާރި އާއި ދަތުރުފަތުރު ކުރުން އަދި ސަލާމަތީ އެއްބާރުލުންތަކުގައި، އެކުގައި މަސައްކަތް ކުރެވޭނެ ނިޒާމަކަށް އޮތީ ބޭނުން ޖެހިފަ އެވެ. ބެލެވޭ ގޮތުގައި މި ކަންކަމުގައި ވަކި މިންގަނޑަކުން ބޭރަށް ދިއުމަކީ އިނގިރޭސިވިލާތަށް އަދިވެސް ފުރިހަމަ އިހުތިޔާރު އޮތް ކަންކަމެއް ނޫނެވެ.

އިޔޫއިން ވަކިވުމަކީ އިނގިރޭސިންނަށް ކަމުދާކަމެއްތޯ ބެލުމަށް އާންމު ވޯޓެއް ނަގާފައި ވަނީ 2016 ގަ އެވެ. އެއަށް ފަހު ވޯޓުގައި ރަސްމީ ސިފަ ނުޖެހި ތިން އަހަރު ވަނީ ފާއިތުވެފަ އެވެ. އިނގިރޭސިވިލާތް ރަސްމީކޮށް ޔޫރަޕުން ވަކިވީ ޖެނުއަރީ 31، 2019 ގަ އެވެ.

އިނގިރޭސިންނަށް މިލިބުނު މިނިވަންކަމުގެ ފަހަތުގައި އެކަނިވެރިކަން ވެސް އެބަ އޮތެވެ. އެތައް ޒަމާނެއް ވަންދެން އެކުގައި މުއާމަލާތް ކުރެވުނު ބައިވެރިން ދޫކޮށް އާންމު ހާލަތަށް ރުޖޫއަވުމަށް އިނގިރޭސިން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް މަސްރަހު ދިރާސާ ކުރާ މީހުން ބުނެ އެވެ.