އެމްއެންޑީއެފް

ހެލިކޮޕްޓަރާއެކު ސިފައިންގެ ތަމުރީނުތަކެއް މާލެއާއި ހުޅުމާލޭގައި

އިންޑިއާ ސިފައިން ދުއްވާ ހެލިކޮޕްޓަރާއެކު ހަތިޔާރާއި ގޮވާތަކެތި ބޭނުން ކުރާ ގޮތަށް ދިވެހި ސިފައިންގެ ތަމްރީނުތަކެއް މާލެ އާއި ހުޅުމާލޭގައި ފަށާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ޑިފެންސުން އިއްޔެ ބުނީ ސިފައިންގެ ތަމްރީންތަކެއް ހުޅުމާލެ ފޭސް ދޭއްގަ އާއި މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކުރިއަށް ގެންދާނެ ކަމަށެވެ. ސިފައިން ކުރިއަށް ގެންދާ އެ ތަމްރީންތައް ކުރިއަށް ދާނީ އިއްޔެއިން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ތަމްރީންތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ އެވެ. އަދި ހެލިކޮޕްޓަރު ބޭނުންކުރުމާއި ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުން ކުރާ ހަތިޔާރުގެ އިތުރުން ގޮވާތަކެތި ބޭނުން ކުރާނެ ކަަމަށް ވެސް ބުންޏެވެ.

މި ތަމްރީނުތަކުގައި ހެލިކޮޕްޓަރު ބޭނުން ކުރާއިރު އިންޑިއާގެ ސިފައިން ވެސް ހިމެނޭނެ އެވެ.