ޓެރަރިޒަމް

ޓެރަރިޒަމްގެ ތުހުމަތަށް އިންޑިޔާ މީހަކު ހައްޔަރުކޮށްފި

Jan 2, 2021
2

ޓެރަރިޒަމް އަމަލެއްގެ ހިނގާ ކަމުގެ ތުހުމަތުތައް ކުރެވިގެން އިންޑިޔާ މީހަކު ރާއްޖެއިން ހައްޔަރު ކޮށްފި އެވެ.

އިންޑިއާގެ އެ މީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހައްޔަރު ކޮށްފައި ވަނީ 28 އަހަރުގެ ރާޖް ޕްރަޝާންތް ކިޔާ މީހެކެވެ.

އިންޑިއާ އެ މީހާ ބަންދުގައި ބަހައްޓަން ނިންމާފައި އެކަށީގެންވާ މިންވަރަށް ހެކި ހުށައަޅާފައިވުމުން މުޖުތަމައުގެ ސަލާމަތާ ރައްކާތެރި ކަމުގެ އިތުރުން ފިލާފާނެތީ އެވެ. އޭނާގެ ބަންދަށް ފަސް ދުވަސް ދީފައި ވެއެވެ.

އިންޑިޔާ މީހާ ޓެރަރިޒަމްގެ މައްސަލައެއްގައި ހައްޔަރު ކުރިކަން ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުވާ ޓެރަރިޒަމްގެ އަމަލުގެ ބާވަތް ވެސް ސާފެއް ނުވެއެވެ.