ހަބަރު

އިންޑިއާ މީހާ ހައްޔަރުކުރީ އެއާޕޯޓްގައި ހުރެ "ބޮމެކޭ" ބުނެ ވާހަކަ ދައްކައިގެން

އިންޑިއާ މީހާ ހައްޔަރު ކުރީ މާލެއިން ފުރަންގޮސް އެއާޕޯޓްގައި ހުރެ "ބޮމެކޭ" ބުނެ ވާހަކަ ދައްކައިގެން ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހު ވީއައިއޭއިން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ. އެ މީހާ ހައްޔަރުކުރީ އެ ދުވަހުގެ މެންދުރު 1:30 އެހާކަންހާއިރު މާލެއިން ފުރަންގޮސް އެއާޕޯޓްގައި ހުރެ "ބޮމެކޭ" ބުނެ ވާހަކަ ދެއްކި ކަމުގެ ތުހުމަތަށެވެ. ހައްޔަރު ކޮށްފައި ވަނީ 28 އަހަރުގެ ރާޖް ޕްރަޝާންތް ކިޔާ މީހެކެވެ.

އެމީހާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަންގާފައެވެ. މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެއެވެ.

އިންޑިއާ މީހާގެ މައުލޫމާތު ފުލުހުން ހާމަކޮށްފައި މިވަނީ ޓެރަރިޒަމް އަމަލެއްގެ ހިނގާ ކަމުގެ ތުހުމަތުތައް ކުރެވިގެން އިންޑިޔާ މީހަކު ރާއްޖެއިން ހައްޔަރުކޮށްފައިވާ ކަމަށް މިއަދު ހެނދުން ފެށިގެން މީޑިއާތަކުން ހަބަރުފަތުރަމުން ގެންދަނިކޮށެވެ.