ވަޒީފާ

އެމްޓީސީސީން އަލުން "ހުނަވަރު" ފަށަނީ

Jan 4, 2021

އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް "ހުނަވަރު" އަލުން ފަށަން ނިންމައިފި އެވެ. ހުނަވަރު ޕްރޮގްރާމަކީ 2018 ވަނަ އަހަރު ފަށައި މެދުކެނޑިފައި އޮތް ޕްރޮގްރާމެކެވެ.

އަދި މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާ ކުރަން އެމްޓީސީސީއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި އަހަރުގެ ހުނަވަރު ޕްރޮގްރާމް ކުރިޔަށް ގެންދާނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެނެވެ. ފުރަތަމަ ފިޔަވަހި ކުރިޔަށް ގެންދާނީ އުމްރާނީ ތަރައްގީއާއި އިމާރާތް ކުރުމުގެ ދާއިރާގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ފަންނުވެރިން ބިނާކުރާނެ އެވެ.
އެ ފިޔަވަހި ހާއްސަ ކޮށްފައި ވަނީ ފުވައްމުލަކާއި އައްޑޫއަށެވެ.

މި ޕްރޮގްރާމްގައި ތަމްރީން ދޭނީ އެމްޓީސީސީގެ މަޝްރޫއުތަކުގައި ބޭނުންކުރާ ޓަގާއި ބާޖާއި ބަސްތަކާއިު ލޯރީތަކާއި ބުލްޑޯޒަރާއި އެކްސްކަވޭޓަރާއި ކްރޭނާއި ލޮރީ އާއި ރޯލަރާއި ޕޭވަރާއި ލޯޑަރާއި ގްރޭޑަރު ފަދަ އުޅަނދުފަހަރާއި މެޝިނަރީ ދުއްވާ އޮޕަރޭޓް ކުރާށެވެ.

މި ތަމްރީންގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން މި މަހުގެ ނުވަނަ ދުވަހު ފުވަމުލަކުގައި އަދި 11 ވަނަ ދުވަހު އައްޑޫގައި އޯޕަންޑޭއެއް ބާއްވާނެ އެވެ.