ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާއިން ކޮވިޑް ވެކްސިން ބޭރު ކުރުން މަނާ

އެސްޓްރަޒެނެކާ / އޮކްފޯޑް ޔުނިވާސިޓީ ކޮވިޑް ވެކްސިން އިންޑިއާއިން ބޭރު ކުރުން މަނާ ކަމަށް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ބުނެފި އެވެ. ސީރަމް އިންސްޓިޓިއުޓުން އެސޯސިއޭޓް ޕްރެސް އަށް ބުނި ގޮތުގައި އެހެން ގައުމުތަކަށް އެސްޕޯޓް ކުރަން ހުއްދަ ލިބޭނެ ކަމަށް ބެލެވެނީ އަދި ދުވަސްތަކެއް ފަހުންނެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ބުނާ ގޮތުައި މިހާރު ވެސް އެއްބިލިއަން ޑޯޒަށް އޯޑަރުލިބިފައި ވެއެވެ. މިއީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ އަދަދަށް ބަލާއިރު މަދު މިންވަރެކެވެ.

ތަރައްގިވެފައިވާ ގައުމުތަކަށް ބޭނުންވާ އަދަދުގެ ބޮޑުބައި މި އަހަރު ހަމަޖައްސާނެ އެވެ. މުޅި އާބާދީއަށް ވެކްސީން ދީ ނުނިމުނު ނަމަވެސް، ލިބޭނެ އިންތިޒާމެއް ރާވާނެ އެވެ. އިންޑިއާއިން ވެކްސިން އެކްސްޕޯޓްކުރުން މަސްތަކަކަށް މަނާކުރުމުން މިކަމުގެ ދެރަ ފަގީރު ގައުމުތަކުން ތަހަންމަލުކުރަން މަޖުބޫރުވާނެ އެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ވެކްސިން އުފައްދާ ކުންފުންޏެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުން އަދި ފަގީރު ގައުމުތަކުން އެންމެ ބޮޑަށް ބަރޯސާުރަނީ ވެސް ސީރަމް އިންސްޓިޓިއުޓަށެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ސީއީއޯ، އަދަރު ޕޫނަވާލާ އެސޯސިއޭޓް ޕްރެސް އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެސްޓްރަޒެނެކާ ވެކްސިން އިމަޖެންސީ ބޭނުންތަކަށް ހުއްދަލިބުނީ ވެސް، އެހެން ގައުމުތަކަށް އެކްސްޕޯޓްކުރާ މަތިން ކަމަށެވެ. އެއީ އިންޑިއާގެ އާބާދީއަށް ބޭނުންޖެހިފައި ހުރި މިންވަރު ކަށަވަރުކުރެވެންދެން ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ވަގުތު ވެކްސިން ފޯރުކޮށްދެން ހުއްދަ އޮތީ އިންޑިއާ ސަރުކާރަް އެކަނި" ޕޫނަވާލާ ވިދާޅުވި އެެވެ. އޭނާ ވިދާޅުވި ގޮތުގައި ވޯލްޑް ހެލްތު އޮގަނައިޒޭޝަނުން އުންމީދުކުރާ ކޯވެކްސް ޕްރޮގްރާމަށް ވެކްސިން ސަޕްލައިކުރެވޭ ވަރުވާނެ ކަމަށް ބެލެވެނީ މާޗް-އޭޕްރީލް ގައި ކަމަށެވެ.

ޕޫނަވާލާ ވިދާޅުވި ގޮތުގައި އިންޑިއާ ސަރުކާރަށް 100 މިލިއަން ޑޯޒް ވިއްކަނީ ވަރަށް ޚާއްސަ އަގެއްގައި – ޑޯޒެއް 2.74 ޑޮލަރަށެވެ. އޭނާ ވިދާޅުވި ގޮތުަގައި އާންމެ ރޭޓްގައި ވެކްސިން ޑޯޒެއް ވިއްކޭނީ 13.68 ޑޮލަރަށެވެ.