އީގަލްސް

ލީގްގެ ވާހަކަ ހުއްޓާލައި މޯހަން ޕްރެޝަރު ކަނޑުވާލައިފި

ދިވެހި ޕްރިމިއާ ލީގް ހޯދުމުގެ ވާހަކަ ދައްކަން އިތުރަށް ބޭނުން ނުވާކަން ހާމަކޮށް ކުލަބު އީގަލްސްއަށް އޮތް ޕެރެޝަރު، އެ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ކަނޑުވާލައިފި އެވެ.

ދިވެހި ޕްރިމިއާ ލީގްގައި، މިއަދު ވެލެންސިއާ އާ ދެކޮޅަށް ނުކުތުމުގެ ކުރިން، މޯހަން ބުނީ، މިހާރު އޭނާގެ ޓީމުގެ ޓާގެޓަކީ މެޗަކުން މެޗަކުން ރަނގަޅު ކުރަމުން ދިއުން ކަމަށެވެ. ލީގް ހޯދާ ޓާގެޓަށް ވުރެ، ތައްޓެއް ހޯދުމުގެ އަމާޒުގައި އޭނާގެ ވިސްނުން ގެންގުޅެނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓް ކަޕަށެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް ކާމިޔާބު ކުރިނަމަވެސް، ލީގްގައި ކުޅުނު ތިން މެޗުން އެ ޓީމަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. އެހެންވެ ލީގްގައި އޭނާގެ ޓާގެޓަކީ ކޮންމެ މެޗަކުން ރަނގަޅު ނަތޖާތަކެއް ނެރެ ރަނގަޅު ކުޅުމެއް ދެއްކުމެވެ. އަދި ޒުވާން އާ ކުޅުންތެރިންނަށް މެޗުތަކުން ފުރުސަތު ދޭން މޯހަން ވަނީ ނިންމާފަ އެވެ.

މިއަދު ވެލެންންސިއާ ދެކޮލަށް ކުޅޭ މެޗުގައިވެސް ފުރަތަމަ 11 އިން އާ ދެ ކުޅުންތެރިނަށް ފުރުސަތު ދޭނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެންގެ މިހާރުގެ ވިސްނުން މިހުރީ ކުޅުންތެރިންގެ އިމްޕްރޫވްމެންޓަށް ބަލަން އިންޑަވިޖުއަލްކޮށް އަދި ޓީމެއްގެ ގޮތުގަައި އިމްޕްރޫވް ކުރަން ލީގަކަށް ނޫން މި ވިސްނަނަނީ ކީ މިހާރު،" މޯހަން ވާހަކަ ދެއްކި އެވެ. "އެހެންނަމަވެސް މި ލީގްގައި ދެވެން އިން އެންމެ ރަނގަޅު ހިސާބަކަށް ދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނީ. ކޮންމެހެން ލީގް ކާމިޔާބު ކުރާކަށް އެ ވިސްނުމެއް ނެތް އަޅުގަނޑުމެންގެ އެއް މިހާރު އޮތް ހާލަތުގައި."

މޯހަން ބުނީ، ލީގް ހޯދުމުގެ ޓާގެޓަށް ވާސިލު ވެވެން ނެތް ނަމަވެސް ކުޅުންތެރިންގެ ސަމާލުކަން ހުރީ ރަނގަޅަށް ކަމަށެވެ. ޓާގެޓް ބަދަލުވިއަސް ކުޅުންތެރިންގެ މަސައްކަތައް ބަދަލު ނާންނަކަން މޯހަން ފާހަގަ ކުރި އެވެ.

އާ ދެ ކުޅުންތެރިންނަށް، ވެލެންސިއާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ފުރަތަމަ 11 އިން ފުރުސަތު ދޭން ނިންމީވެސް މިހާރު ޓީމަށް ޕްރެޝަރު ނެތުމުން ކަމަށް މޯހަން ބުންޏެވެ. އޭނާ ބުނީ އީގަލްސްގެ މެނޭޖުމެންޓުންވެސް އެއްވެސް ޕްރެޝަރެއް އޭނާއަށްވެސް ނެތް ކަމަށެވެ.

މިއަދު ވެލެންސިއާ ދެކޮޅަށް ކުޅޭ މެޗުގައި، ވެލެންސިއާގެ މުޅި ޓީމުގެ އިތުރަށް އީގަލްސްއިން ސަމާލުވާން ޖެހޭ ވަކިވަކި ކުޅުންތެރިންވެސް ތިބިކަން މޯހަން ފާހަގަ ކުރި އެވެ.

"ރާއްޖޭގެ އެންމެ ވަރުގަދަ ކުޅުންތެރިން ވެލެންސިއާގައި އެތިބީ. މެޗު ކާމިޔާބު ކުރެވޭނީ އަޅުގަނޑުމެން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން. އެހެންނަމަވެސް އަޅުގަނމެންގެ ޓީމަށް އެއްވެސް ބިރެއް ނެތް." މޯހަން ބުންޏެވެ.

ވެލެންސިއާގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނީ ތާވަލުގެ ކޮންމެ ހިސާބެއްގއި އީގަލްސް އޮތްނަމަވެސް، އެ ޓީމަކީ ލީގްގައި އޮތް އެންމެ ވަރުގަދަ އެ ޓީމު ކަމަށެވެ. ލީގްގައި ކުރިން ކުޅުނު މެޗުތަކުގައި އީގަލްސްއިން ނެރެފައިވާ ނަތިޖާ ތަކަށް ބަލައިގެން އެ ޓީމާ މެދު ވެލެންސިއާ އިން ދެކޭ ގޮތް ބަދަލު ނުވާނެ ކަމަށް އާތީ ބުންޏެވެ.