ޓެކްނޯލޮޖީ

ސެމްސަންގް ގެލަކްސީ "އެސް21 އަލްޓްރާ" އަށް ސްޓައިލަސްއެއް

މިއީ ސެމްސަންގް ގެލަކްސީ ފޯނުތަކަށް މުޅިން އާ ފީޗާއެެކެވެ. ސެމްސަންގެ "އެސް ޕެން" – ގެލަކްސީ ނޯޓާއެކު އާންމުކޮށް ބޭނުން ކުރެވޭ "އެސް ޕެން ސްޓައިލަސް" ގެލަކްސީ އެސް21 އަލްޓްރާ ގައި ބޭނުން ކުރެވޭ ކަމަށް މިހާރު އެބަ ބުނެވެ އެވެ.

ފޯނުތައް މާކެޓަށް ނެރުމުގެ ކުރިން އާންމުކޮށް ދެކެވޭ މިކަހަ ވާހަކަތަކީ ފޯނު ކުންފުނިން ބުނެގެން ދައްކާ ވާހަކަތަކަކަށް ނުވި ނަމަވެސް، ވަރަށް ގިނައިން އޮންނަނީ ދިމާވެފަ އެވެ.

ސެމްސަންގް ގެލަކްސީ އެސް21 މަރުކާގެ ފޯނުތައް ޖެނުއަރީ 14 ގައި އާންމުންނަށް ދައްކާލާނެ އެވެ. ސަމްސަންގުން ވަނީ މި ހަފުލާއަށް ދައުވަތު ވެސް ފޮނުވާފަ އެވެ. ހަފުލާ އޮންނާނީ ވާޗުއަލްކޮށެވެ.

ގެލަސްކީ "އެސް21 އަލްޓްރާ" އަކީ ސްޓައިލަސް ބޭނުން ކުރެވޭ ފޯނެއް ނަމަވެސް، އެސް ޕެން ރައްކާ ކުރެވެނީ ކޮންތަނެއްގައި ކަމެއް ނޭނގެ އެވެ. މިހާތަނަށް ލީކުވެފައި ހުރި އެއްވެސް ފޮޓޯއެއްގައި، އެސް ޕެން ކޮށްޕާލާނެ ލޯވަލެއްހާ ހިސާބު ވެސް ފެންނާކަށް ނެތެވެ. އެކަމަކު މިހާރު ބުނެވެނީ އެސް ޕެން އިނާނީ ފޯނުގެ ކަވަރުގައި ތަތްކޮށްލެވިފައި ކަމަށެވެ.

ސެމްސަންގް ގެލަކްސީ އެސް21: އެސް ޕެން އަދި ސްމާޓް ކަވަރު، ކަވަރުގައި އެސް ޕެންއަށް ވަކި ޖާގައެއް

އެސް21 އަލްޓްރާ ބޭނުން ކުރުމަށް "އެސް ޕެން" އަކީ ކޮންމެހެން މުހިންމު ޑިވައިސްއެއް ނޫންކަމަށް ވެ އެވެ. އެހެން ކަމުން އެސް ޕެން ބޭނުން ކުރަން އެދޭ މީހުންނަށް ޚާއްސަ ފޯނު ކަވަރެއް ޑިޒައިން ކުރެވިފައި ވާކަމަށް ވެ އެވެ.

ސެމްސަންގުން މިއަހަރު ފޯނު މޫސުން ފަށާއިރު، ފޯނުތަކަށް ދީފައި ހުރި ބާރުވެރިކާމާ ބެހޭ ގޮތުން އެއްޗެއް ބުނަން އަދި ޖެހޭނީ މަޑުކޮށްލާށެވެ. ތުންތުންމަތިން ދެކެވޭހާ ވާހަކައެއް ދައްކަން ހަދައިގެން ގޯހެއް ބުނެވުމަކީ ވެސް އެކަށިގެންވާ ކަމަކަށް ވާތީ އެވެ.