ރެޑްވޭވް

ރެޑްވޭވުން ބެގްރީސްގެ 36 އުފެއްދުމެއް ބާޒާރަށް

ސިއްހަތަށް ފައިދާހުރި ބްރެކްފާސްޓް ސީރިއަލް ބްރޭންޑުގެ ގޮތުގައި އޭޝިއާގެ މާކެޓް ގައި މަޝްހޫރުވަމުން އަންނަ "ބެގްރީސް" ބްރޭންޑުގެ 36 އުފެއްދުމެއް ރެޑްވޭވް އިން ބާޒާރަށް ނެރެފި އެވެ.

އިންޑިއާގެ ބެގްރީސް ކުންފުންޏަކީ ސީރިއަލް އުފައްދާ ތައްޔާރު ކުރުމުގެ 50 އަހަރުގެ ތަޖުރިބާ އޮތް ކުންފުންޏެކެވެ.

މި ބްރޭންޑުގެ އޯޓްސް އާއި މުއެސްލީ އަކީ ރާއްޖޭގެ މާކެޓުގައި ހިނގާ ޕްރޮޑަކްޓް ތަކެކެވެ. މީގެ އިތުރުންވެސް އާންމުކޮށް މާކެޓުގައި ނުހުންނަ ޗިއާ ސީޑާއި ކުއިނޯވެސް ބެގްރީސްގެ ބްރޭންޑުގައި ހުރެ އެވެ.

ޕްރޮޓީނާއި ފައިބާއިން ފައްކާކުރާ، ބެގްރީސްގެ ހުރިހާ ބާވަތަކީ ވެސް ސިއްހަތަށް ސަމާލުކަމެއް ދޭ މީހުނަށް ހާއްސަވ ބާވަތްތަކެކެވެ.

ރެޑްވޭވުން ބުނީ ބެގްރީސް ރީޓެއިލްކޮށާއި ހޯލްސޭލް ކޮށް ލިބެ އެވެ.