ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ލަންކާގައި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖަޔަޝަންކަރު ލަންކާ އަށް ވަޑައިގެންފި އެވެ. މިއީ ލަންކާގެ ފޮރިން މިނިސްޓަރު، ދިނޭޝް ގުނަވަރުދަނާ ދެއްވި ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ލަންކާއިން ބުނެ އެވެ. މިދަތުރުގައި ޑރ. ޖަޔަޝަންކަރު ޖެނުއަރީ ހަތެއްގެ ނިޔަލަށް ލަންކާގައި މަޑުކުރައްވާނެ އެވެ.

ޑރ. ޖަޔަޝަންކަރު ލަންކާގެ ރައީސް، ގޮތަބަޔާ ރާޖަޕަކްސާ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ އަދި މިނިސްޓަރު، ގުނަވަރުދަނާއާ ވަކިވަކިން ބައްދަލުކުރައްވައި ދެގައުމުގެ ގުޅުމާއި ސަރަހައްދީ މަޝްރަހާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި ޑރ. ޖަޔަޝަންކަރުގެ މި ދަތުރަކީ ދެ ގައުމަށް ވެސް މުޅިން އާ ފެށުމެކެވެ. މިއީ އެފެންވަރުގެ ބޭފުޅަކު، މިއަހަރު ލަންކާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޑރ. ޖަޔަޝަންކަރު ވެސް މިއަހަރު ކުރެއްވި ރަސްމީ ދަތުރެއް މިކުރެއްވީ ވެސް ލަންކާއަށެވެ.

ލަންކާގެ ރައީސްކަން ގޮތަބަޔާއަށް ލިބިވަޑައިގަތުމުން ވެސް އެންމެ ފުރަތަ ލަންކާއަށް ވަޑައިގަތީ ޖަޔަޝަންކަރު އެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ވެދުން ވެރިންނަށް ދެންނެވުމަށާއި އުފަލުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ޑރ. ޖަޔަޝަންކަރު ލަންކާއަށް ވަޑއިގަތުމަކީ ލަންކާއާށް ބޮޑު އުފަލަކަށް ވަނީ ވެފައެވެ. ދުނިޔެ ކޮވިޑްގެ އަނދިރީގައި އޮތްއިރު އަދި ގައުމުތައް ބަންދުކޮށްފައި އޮތް މިފަދަ ދަނޑިވަޅެއްގައި މިދަތުރުކުރެއްވުން ދޭހަކޮށްދެނީ ދެގައުމުގެ ދެމެދުގައި އޮތް ގާތަކަން ކަމަށް ލަންކާގެ ނޫސްތަކުން ބުނެ އެވެ.