ޓޫރިސްޓް އެރައިވަލް

އަހަރުގެ ފުރަތަމަ ފަހެއް: 15،000 އަށްވުރެ ގިނަ ޓޫރިސްޓުން

އާ އަހަރުގެ ފުރަތަމަ ފަސް ދުވަސްތެރޭ 15،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެ އައިސްފައިވަނީ 2،005 ޓޫރިސްޓުންނެވެ.

ޖެހިގެން އައި ދުވަހު 4,160 ޓޫރިސްޓުން ރާއްޖެ އިސްފައިވާއިރު މި އަހަރުގެ ތިން ވަނަ ދުވަހު ރާއްޖެ އަށް 4,195 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ހަތަރު ވަނަ ދުވަހު ރާއްޖެ އަށް 2،646 މީހުން އައިސްފައިވާއިރު، އިއްޔެ އައިސްފައިވަނީ 2،672 ޓޫރިސްޓުންނެވެ.

މި އަހަރުގެ މިހާ ތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވަނީ، ރަޝިޔާ އިންނެވެ. އެ ގައުމުން 4،940 މީހުން އައިސްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން 1،395 މީހުން އައިސްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާއެކު، ރާއްޖެއަށް ޓޫރިސްޓުން އާދެވެނީ ރާއްޖެ އައުމުގެ 96 ގަޑިއިރު ކުރިން ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮވެގެންނެވެ. ކޮވިޑް ނެގެޓިވް ކަމުގެ ލިޔުން ހުށަހަޅައިފި ނަމަ 30 ދުވަހުގެ ވިސާ އެއް ރާއްޖޭން ދެ އެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު، ރާއްޖެއަށް އައިސްފައިވަނީ 555،399 މީހުންނެވެ.