ދުނިޔެ

ސައުދީން ތެޔޮ އުފައްދާ މިންވަރު މަދު ކުރަނީ

އޯޕެކް ގައުމުތަކުގެ މެދުގައި މަޝްވަރާކުރެވެނީ ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ދަމަހައްޓާނެ ގޮތަކާ ބެހޭ ގޮތުން
0%
0%
0%

ސައޫދީން ތެޔޮ އުފައްދާ މިންވަރު ވަރަށް ބޮޑުތަން ދަށް ކުރާނެ ކަމަށް ބުނެފި އެވެ. އެ ގައުމުގެ އެނާޖީ މިނިސްޓަރު، ޕްރިންސް އަބްދުލް އަޒީޒް ބިން ސަލްމާން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ މަހު ވެސް ސާފު ނުކުރާ ތެޔޮ އުފައްދާ އަދަދު އެއް ހަމައެއްގައި ދަމަހައްޓަ ވާނެ އެވެ.

އަބްދުލް އަޒީޒް ބިން ސަލްމާން ވިދާޅުވީ ތެޔޮ އުފައްދާ އަދަދު މަދު ކުރަނީ ތެލުގެ އަގު ރަނގަޅު ކުރަން ކަމަށެވެ. އޯޕެކާއި ބައިވެރިންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ މިހާރު ތެޔޮ އުފައްދާ އަދަދުން ކޮންމެ ދުވަހަކު އެއްމިލިއަން ފީފާ، ފެބްރުއަރީ އާއި މާޗްގައި މަދު ކުރައްވާނެ ކަމަށެވެ.

ދުނިޔެ މިހާރު އޮތް ހާލަތަށް ބަލާއިރު ތެޔޮ އުފައްދާ އަދަދު މަދުކުރުމަކުން ޑިމާންޑަށް ބަދަލެއް ނާންނާނެ ކަމަށާއި މިއީ އޯޕެކާއި ބައިވެރިންނަށް ދެއްވި ހަދިޔާއެއް ކަމަށް އޭނާޖީ މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސައޫދީން މިނިންމުން ނިންމީ އަމިއްލަ އިޚުތިޔާރުގައި، ބަޔަކު އެދިގެން ނޫން ކަމަށެވެ.

އޯޕެކް ގައުމުތަކުގެ މިނިސްޓަރުންގެ ބައްދަލު ކުރެއްވުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް

"ކޮވިޑްގެ ހާލަތު ބުނެދޭކަށް އަދި ނޭނގޭ،" މިނިސްޓަރު ވިދާޅުވި އެވެ. "ގައުމުތައް އޮތީ ލޮކްޑައުންގައި. އަދި ކިތަންމެ ގައުމެއް ލޮކްޑައުން ކުރަން އެބަ މަޝްވަރާ ކުރެވޭ" އޭނާ ވިދާޅުވީ މި ހާލަތުގައި އާދަކާދައިގެ މަތިން ސާފު ނުކުރާ ތެޔޮ ހަމަ އެއަދަދަށް އުފެއްދުން ވާނީ ސިނާއަތަށް ބޮޑު ގެއްލުމަކަށް ކަމަށެވެ.

އޯޕެކް ގައުމުތަކުން އެއްބަސްވެފައި ވަނީ މި ހާލަތުގައި ތެޔޮ އުފެއްދާ އަދަދު އެއްހަމައެއްގައި ދެމެހެއްޓުމަށެވެ. އެހެން ނަމަވެސް، ރަޝިއާ އަދި ކަޒަކިސްތާނަށް ވަނީ 75،000 ފީފާ އިތުރަށް އުފެއްދުމަށް ހުއްދަދީފަ އެވެ.

އޯޕެކްގައި ހިމެނޭ އީރާންއަކީ ގޮތް ނޭނގޭ ގައުމެކެވެ. ސައުތު ކޮރެއާގެ ކެމިކަލް ޓޭންކަރެއް ހޮރުމޫޒް ކަނޑުއޮޅިން ހިފަހައްޓައި އީރާން ސިފައިންގެ ބާރުދަށުގައި ދެމެހެއްޓުން އަންނަނީ ގޯހަކަށް ވަމުންނެވެ. މިހާލަތުގައި ތެލުގެ އަގަށް ވެދާނެ ގޮތަކާ މެދު އޯޕެކުން ކަންބޮޑުވެ އެވެ.

12 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހިގގ

ސެޑް ނިއުސް އެވާރ

ގަލްހގގ

މީތޯ ތިކަންކުރަން އެންމެ މުނާސަބު ވަގުތަކީ

ޙަބީބު.

ތެލަކީ އަސާސީހައްގެއް ރައްޔިތުންތިބީ ނިކަމެތި ހާލުގަ ވީމާ އަދިވެސް ތެޔޮއު ފައްދާ މިންވަރު ދައްކުރަންތަވީ؟ ގިނައިން އު ފައްދާ ފަ ނިކަމެތި ރާއްޖެކަހަލަ ރައްރަށުގަ ތިބި މީހުންގެ ޖީބައް ލުއިގޮތެއް ނޫންތަ ހޯދައި ދެއްވަންވީ ނިކަން ބަލާބަލަ ހދ އަތޮޅައް ޓުވެރިޒަމެއް މަސްވެރިކަމެއް ވަޒީ ފާއެއް ނެތް ހިސާބެއް ގައުމައް ވަންނަހާ ފައިސާ ވެރިންގެ ޖީބައް އަޅައިގެން އެތިބެނީ ޓުވެރިޒަމައް 50 އަހަރުވާން މިދަނީ އެމީހުންނައް ހީވަނީ ޒުވާނުން ތިބީ ފުދިގެންކަމައް އިންސްޓޯލްމަންޓައް ސައިކަލެއް ނައިގައިގެން އައި ފޯނެއް ގެންގުޅޭތީ ހިތަކައްނާރާ ދަރާވިކިގެން ކާ ފަމާމަޔައްދޭ 5000 ރު ފިޔާއިން 2000 ރު ފިޔާ ހޯދައިގެން ކަމެއް އެތިބީ

މުސްލިމް

ރަނގަޅު ވާހަކައެއް

ގަލްފް

ތެޔޮ ވަޅު އޮތީ ޖަލުގަ

4566

އެހެންތަވީ

ރާޖާ

ޕްރިންސް ތައް އުޅެނީ ކިމް ރުއްސަން

ލދލސ

ކަންތަކާތި ޖެހުނީ 😡

ޕްރިސް ހެރީ

ޔާންބެ ހޯދި ތެޔޮވަޅުން ތެޔޮހާނަންވީ ވަގުތު މި ޖެހުނީ

ނބޖޖ

ކަލޭ ގޭގަ ދޮ ތެޔޮއޮތީ

ތެޔޮ

ސައުދީން ތެޔޮހަދާނެ ކަމެއްނެތް..ޕުރިންސް ހަދާ

ޖިމީ

ރައްރަށުން ވެސް ތި ތެޔޮ އަގުބޮޑުވީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345