މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާއަކާއި ގުޅިގެން ސާޗް އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހާއި ކަރެކްޝަނުން ވަނީ އެކަން ޔަގީން ކޮށްދީފައެވެ. ފުލުހުންނާއި ގުޅިގެން ކަރެކްޝަނުން ސާޗު އޮޕަރޭޝަނެއް ހިންގަނީ ޖަލުން ގަައިދީންތަކެއް ފިލައިގެން ކަމަށް އަޑުފެތުރުނު ނަމަވެސް އެކަން ކަރެކްޝަނުން ވަނީ ދޮގުކޮށްފައެވެ.
ފުލުހުން ބުނީ މާފުށީ ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއަކާއި ގުޅިގެން ކަރެކްޝަނާއި ގުޅިގެން ސާޗް އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.
ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ދެންމެ ވިދާޅުވީ މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ވަނީ ކުއްލި ހާލަތަށް ގެނެވިފައި ކަމަށެވެ. އަދި ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން ކަށަވަރު ކޮށްދޭ ކަމަށްވެސް ވިދާޅުވިއެވެ.
ސާޗް އޮޕަރޭޝަން ހިންގަމުން ދަނީ ޖަލުގައި އިތުރު ބަޔަކު ތިބިތޯ ޔަގީން ކުރުމަށެވެ.