އެމްއެންޑީއެފް

ޅ. އަތޮޅުގައި ސިފައިންގެ ތަމުރީނު ތަކެއް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ހާއްސަަ ތަމްރީނު ތަކެއް ޅ. އަތޮޅުގެ ބައެއް ރަށްރަށުގަ އާއި ބައެއް ރިސޯޓްތަކުގައި ފަށައިފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އެ ތަމުރީނުތައް ކުރިޔަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ތަމުރީނު ތަކުގައި ސިފައިން ހަރަކާތް ތެރިވާނީ ހަތިޔާރާއެކުގައި ކަމަށާއި ބައެއް ބާވަތްތަކުގެ ޕައިރޯޓެކްނިކް ބޭނުން ކުރާނެ ކަމަށް ވެސް ބުންޏެވެ.


ސިފައިންގެ އެ ތަމުރީނުތައް ކުރިޔަށް ދާނެ ވަކި ވަގުތެއް އެމްއެންޑީއެފުން ސާފުކޮށްދީފަ އެއް ނުވެއެވެ.