ހަބަރު

ރީޖަނަލް އެއާޕޯޓްސްގެ ބޯޑަށް ޝަފާއު

Jan 7, 2021
3

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ބޯޑަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. އެ ބޯޑަށް އަލަށް ލާފައި ވަނީ މ. ރިވެލިގޭ، މުހައްމަދު ޝަފާއު ހަސަނެވެ.

ޝަފާއުއަކީ މިހާރު ވެސް އަމިއްލަ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރެއްގެ ގޮތުގައި އެ ކައުންސިލަށް އިންހާބުވެ ވަޑައިގެން ތަމްސީލް ކުރައްވާ ވެސް ބޭފުޅެކެވެ.

މީގެ ކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް އެމްއާރްސީޑީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމް ވެސް އޭނާ ފުރުއްވެވި އެވެ. އަދި އޭގެ ކުރީން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ އެސިސްޓެންޓް މެނޭޖަރުކަމުގެ މަގާމާއި ދިރާގުގެ ޑިސްޓްރިބިއުޝަން މެނޭޖަރުކަން ވެސް ޝަފާއު އަދާ ކުރެއްވި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ބޯޑަށް ޝަފާއު ލިއިރު އެ ކުންފުނީގެ އެމްޑީގެ މަގާމަށް މުހައްމަދު ރިޒްވީ އައްޔަން ކުރަން ވަނީ ނިންމާފަ އެވެ.