ދުނިޔެ

ކެޕިޓަލްގައި ހިންގީ އިހްތިރާމު ކުޑަ ލަދުވެތި އަމަލެއް: އޮބާމާ

އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕަށް ސަޕޯޓްކުރާ ބަޔަކު، އެމެރިކާގެ ގާނޫން ހަދާ މަޖިލީހަށް ވަދެގަނެ މީހުން މަރައި ލޫޓުމާރު ކުރުމަކީ ގަދަރުކުޑަ ލަދުވެތި އަމަލެއް ކަމަށް ކުރީގެ ރައީސް ބާރަކް އޮބާމާ ވިދާޅުވެއްޖެ އެވެ. ރައީސް، އޮބާމާ ވިދާޅުވީ މިއަދަކީ އެމެރިކާއަށް ހިތާމަވެރި ދުވަހެއް ކަމަށެވެ.

އޮބާމާ ބަޔާނެއް ނެރުއްވައިި ޝުއޫރު ފާޅު ކުރައްވަމުން ވިދާޅުވީ ގާނޫނީ ހަމަޔަށް ތަބާވުމުގައި ފުރަތަމަ ސަފު އިސްތިސް ނާނުވާ ކަމަށެވެ.
އަދި ވިދާޅުވީ ލިޔުއްވަމުން ގެންދަވާ ތާރީހީ ސަފުގާއި މިއަދަށް ހާއްސަކޮށްފައި އިންނާނީ ކަޅު ތިއްކެއް ކަމަށާއި އަންހެނުނަށް ގަދަރު ކުރުމަކީ ކޮަބައިކަން ނޭނގޭ ބަޔަކު އަދި ވެސް އުޅޭ ކަމަށެވެ.

"އެމެރިކާގައި ވެރިކަން ހިނގަނީ ގާނޫނީ ހަމަތަކެއްގެ މަތީގައި،" އޮބާމާ ވިދާޅުވި އެވެ. "އެމީހަކަށް ފެންނަ ގޮތެއް އަދި ޚިޔާލެއް ފާޅުކުރުމުގައި ވެސް ތެދު ބުނަން ކެރެން ޖެހޭ"

އޮބަމާ ވިދާޅުވީ ޖެނުއަރީ 20 ގައި އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނީ ބައިޑަން ކަމަށެވެ.

އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގައި ހިންގި ހަމަނުޖެހުންތައް ކުށްވެރިކުރައްވައި އޮބާމާ ނެރުއްވި ބަޔާން

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިންގި ހަމަނުޖެހުންތަކުގައި ހަތަރު މީހުން ވަނީ މަރުވެފަ އެވެ. އަދި ގަދަ ހަދައި އަމުރަށް ކިޔަމަން ނުވުމުގެ ސަބަބުން 52 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ޓްރަމްޕަށް ސަޕޯޓް ކުރާ މީހުން އެމެރިކާގައި މީސްމީހުންނަށް ޖެއްސުން ކުރުމާއި ތަކެއްޗަށް ގެއްލުން ދޭ މަންޒަރުތައް މީޑީއާއަށް ވަނީ އަރާފަ އެވެ. ނަމަވެސް، އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑަން ހޮވިވަޑައިގެންފިކަން ކޮންގްރެސްއިން އިއުލާން ކުރުމާއެކު ޓްރަމްޕް އަންނަނީ ދޫދެއްވަމުންނެވެ.