އިސްލާމިކް ޔުނިވާސިޓީ

ލޯފަން މީހުނަށް ހިލޭ ގުރުއާން ކޯހެއް

Jan 7, 2021

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ލޯފަން މީހުނަށް ހިލޭ ކީރިތި ގްރުއާން ހިތު ދަސް ކޮށްދޭ ކޯހެއް ތައާރަފުކޮށް ކޯހުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި އެވެ.

އައިޔޫއެމްގެ މާލޭ ކެމްޕަސް ގައި ފަށާ މި ކޯހުގައި ލޯފަން 30 މީހަކަށް ޖާގަ ދޭނެ އެވެ. ކޯހުގެ ކިޔެވުން އޮންނާނީ ހެނދުނު އެވެ.

ހިތުދަސް ކުރާ މި ކޯހުގައި ބައިވެރިވާން ބޭނުން ލޯފަން ފަރާތްތައް ފޯމު ފުރިހަމަ ކުރުމަށް ފަހު ހުށަހަޅަންޖެހޭ އެހެނިހެން ތަކެއްޗާއެކު ޔުނިވާސިޓީއަށް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިންނެވެ.