އިސްލާމިކް ޔުނިވާސިޓީ

ލޯފަން މީހުންނަށް ހިލޭ ގުރުއާން ކޯހެއް

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ތައާރަފްކޮށްފައިވާ ލޯފަން މީހުންނަށް ހިލޭ ކީރިތި ގުރުއާން ހިތު ދަސް ކޮށްދޭ ކޯހުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި އެވެ.

އައިޔޫއެމްގެ މާލޭ ކެމްޕަސްގައި ފަށާ މި ކޯހުގައި ލޯފަން 60 މީހަކަށް ޖާގަ ދިނުމަށް ވަނީ ނިންމާފަ އެވެ. އެއީ ކެމްޕަސް އަށް ގޮސްގެން ކިޔަވެވުމަށް 30 ފަރާތަކަށް އޮތް ފުރުސަތުތަކަކާއި އޮންލައިންކޮށް ކިޔެވުމަށް 30 ފަރާތަކަށް އޮތް ފުރުސަތުތަކެކެވެ.

މި ކޯހުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނުގެ ވަގުތުގައި ކަމަށް އައިޔޫއެމް އިން ވަނީ މައުލޫމާތު ދީފަ އެވެ.

ގުރުއާން ހިތުދަސް ކުރާ މި ކޯހުގައި ބައިވެރިވާން ބޭނުން ލޯފަން މީހުން ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ އެހެނިހެން ތަކެއްޗާއެކު ޔުނިވާސިޓީއަށް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިންނެވެ.